ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، އުރީދޫގެ ފަރާތުން ރާއްޖޭގެ ހުރިހާ ޑޮކްޓަރުން އެއް ވިއުގައެއްގެ ތެރެއިން ގުޅުވައިދީ ފަސޭހައިން އެކަކު އަނެކަކަށް ގުޅާލެވޭނެ ހާއްސަ ޕްލޭންއެއް ތަޢާރަފް ކޮށްފިއެވެ.

ޑޮކްޓަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ މި ޕެކޭޖް ތައާރަފް ކޮށްފައި ވަނީ، އުރީދޫ ހެޑްކުއާޓާސްގައި އިއްޔެ ބޭއްވި ހަފްލާއެއްގައި، ޑޮކްޓާސް އެސޯސިއޭޝަންގެ ރަޢީސް ޑރ. އަލީ ޝާހިދު މުހައްމަދާއި އުރީދޫ މޯލްޑިވްސްގެ ސީއެފްއޯ ތަވަބަލަން ޕޫބަލަސިންގަމް އެވެ.

މި ޕެކޭޖް މެދުވެެރިކޮށް ޓުވިޓާއާއި، ވައިބާ ހިލޭ ބޭނުންކޮށް، އާންމުކޮށް ބޭނުންކުރާ މެޑިކަލް ވެބްސައިޓްތައް ބޭނުން ކުރަން ހާއްސަ އެލަވަންސްތަކެއް ލިބިގެންދާ ނެއެވެ. އެ ގޮތުން މި ޕްލޭންގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ޑޮކްޓަރުންނަށް މި ހިދުމަތް ލިބިގެންދާނެއެވެ. 

އުރީދޫ މޯލްޑިވްސްގެ ސީީއީއޯ، ނަޖީބް ހާން ވިދާޅުވި ގޮތުުގައި މުޖުތަމައުގެ ދުޅަހެޔޮކަމާއި މަންފާއަށްޓަކައި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ ޑޮކްޓަރުންނަށް އުރީދޫ ޓީމްއިން ހެޔޮ އެދުންތައް އަރިސްކުރާ ކަމަށެވެ.

މި ޕްލޭންގެ ދަށުން ލިބިގެންދާނެ މުހިންމު ހިދުމަތްތަކަށް ބަލާއިރު، އުރީދު ކްލަބް ޕްރިމިއަރގެ ފައިދާތައް ލިބިގެންދިޔުމާއި، ކޮޗްރޭން ހިނާރީ ފަދަ މެޑިކަލް ވެބްސައިޓްތައް ބޭނުން ކުރަން ޑޭޓާ އެލަވަންސްތައް ލިބިގެންދާނެއެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ހަލުވި 4ޖީ+ ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓް ބޭނުން ކުރުމަށް ބޮޑެތި ޑޭޓާ ޕެކޭޖްތައްވެސް ލިބިގެންދާނެއެވެ.

އުރީދޫ ޑޮކްޓަރުންގެ ޕްލޭންވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ޑޮކްޓަރުންނަށް ލިބިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *