ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އެއާރ ޓްރެފިކް ކޮންޓްރޯލް ސެންޓަރއަށް ޒިޔާރަތްކުރައްވާ  އެތަނުގައި ކުރެވެމުންދާ މަސައްކަތްތައް ބައްލަވައިލައްވައިފިއެވެ. 

މީގެ އިތުރުން މި ޒިޔާރަތުގައި އެކަމަނާވަނީ އެއާޕޯޓްގެ ކޮންޓްރޯލް ޓަވާރ އަށްވެސް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ.

އެކަމަނާ ވަޑައިގަތުމުން، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީއިންވަނީ އެކަމަނާއަށް ހޫނު މަރުހަބާއެއް ވިދާޅުވެ، މި ވޭތުވެދިޔަ 10 އަހަރުތެރޭ ރާއްޖޭގެ ވައިގެ ސަރަހައްދުގައި ދަތުރުކުރާ މަތިންދާ ބޯޓުގެ އަދަދު އިތުރު ވެފައިވާ މިންވަރާއި، ދާއިރާގައި މިވަގުތު ހުރި ގޮންޖެހުންތައް ހިއްސާކޮށްފައެވެ. 

މިނިސްޓަރ ނަހުލާވަނީ އެއާ ޓްރެފިކް ކޮންޓްރޯލްގައި ތަމްރީންތައް ހޯދަމުންދާ އޭރިޔާގެ ކޮންޓްރޯލަރުންނާއި ބައްދަލުކުރައްވައި ޓްރެއިނިންގައި ބޭނުން ކުރަމުން ގެންދާ ސިމިޔުލޭޓަރތައް ބައްލަވައިލައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *