ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ އައިޝްވާރިޔާ ރާއި އާއި އޭނާގެ ފިރިމީހާ އަބީޝެކް ބައްޗަން، ޗުއްޓީއެއް ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެއެވެ. 

މި ދެތަރިން ރާއްޖެއަށް ޒިޔާރަތްކުރީ އެމީހުންގެ 7 އަހަރުގެ ދަރިފުޅު އަރަދްޔާ ބައްޗަންވެސް ގޮވައިގެންނެވެ. އަދި އެމީހުން ޗުއްޓީ ހޭދަކުރަން އައިސް އުޅެނީ ނިޔާމަ ޕްރައިވެޓް އައިލެންޑްސް ރިސޯޓަށެވެ. 

ބެލެވޭ ގޮތުގައި އެދެތަރިން ރާއްޖެ ޒިޔާރަތް ކުރީ އެމީހުންގެ ކައިވެންޏަށް 12 އަހަރު ފުރުމުގެ އުފާ ފާޅުކުރުމަށެވެ. 

އައިޝްވާރިޔާ ވަނީ އެ ރިސޯޓުގެ ސްވިމިން ޕޫލާއި ދިމާލުން މޫދުފެންނަ ހިތްގައިމު މަންޒަރެއްގެ ފޮޓޯއެއްވެސް އިންސްޓަގްރާމް ކޮށްފައެވެ. އަދި އަބީޝެކް ވަނީ އެމީހުން މަޑުކުރަމުންދާ ކޮޓަރީގެ ފޮޓޯއެއް ކަމަށް ބެލެވޭ ފޮޓޯއެއް ލާފައި އެއީ ބައްޗަންގެ އާއިލީ ގެ ކަމުގައި ސިފަ ކޮށްދީފައެވެ. 

ބޮލީވުޑްގެ ގިނަ ތަރިންނަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކެކެވެ. އެގޮތުން މަލައިކާ އަރޯރާ އަދި އަރްޖުން ކަޕޫރު ވެސް ހަމަ އެ ރިސޯޓަށް ކުރިން ޒިޔާރަތް ކޮށްފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *