މިދިޔަ އަހަރުގެ ފަހު ކްއާޓަރގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެސްޓީއޯއަށް ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ބުނެފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ނެރެފައިވާ ކުންފުނިތަކުގެ މާލީ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކްއާޓަރގައި އެސްޓީއޯއަށް 2.5 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ދެ ބިލިއަން ރުފިޔާގެ އާމްދަނީއާއި އަޅާ ބަލާއިރު 26 އިންސައްތައިގެ އިތުރު ވުމެކެވެ.

އެސްޓީއޯއާއި ޖެހިގެން ސަރުކާރު ކުންފުނިތަކުގެ ތެރެއިން ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށެވެ. އެގޮތުން އެ ކުންފުންޏަށް 1.3 ބިލިއަން ރުފިޔާ ލިބުނެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ 21 ކުންފުނިން މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި 7.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދި އެވެ. މިއީ މިދިޔަ އަހަރު ލިބުނު އާމްދަނީ އާއި އަޅާބަލާއިރު 15 އިންސައްތައިގެ އިތުރުވުމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *