ދިރާގަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 905 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ދިރާގުން އާއްމުކުރި، މިދިޔަ އަހަރުގެ މާލީ އަހަރުގެ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 905 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެ އަދަދަކީ މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބުނު 898 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު 0.8 އިންސައްތައިގެ އިތުރުވުމެކެވެ.

ދިރާގަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެ ކުންފުނީގެ އާމްދަނީ މިދިޔަ އަހަރު ވަނީ 5.4 އިންސައްތަ އިތުރުވެފައެވެ.

މިދިޔަ އަހަރު ނިމުނުއިރު ދިރާގުގެ ހިއްސާއަކަށް 11.91ރ. ޖެހިފައިފައިވާއިރު، އެއީ 2017 ވަނަ އަހަރު ޖެހުނު 11.81ރ. އާ އަޅާ ބަލާއިރު 0.8 ޕަސެންޓް އިތުރު ވުމެކެވެ.

ދިރާގުން މިދިޔަ އަހަރުވަނީ އާ ހިދުމަތްތަކެއް ރާއްޖޭގެ ބޮޑު ބަޔަކަށް ފޯރުކޮށްދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *