ދ އަތޮޅު ހޮސްޕިޓަލުގައި އޮތް ހާލުބޮޑު ބަލިކުއްޖަކު އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު ހެލިކޮޕްޓަރުގައި މާލެެ ގެނެސްފިއެވެ.
އެ ކުއްޖާ މާލެ ގެނެސްފައިވަނީ މިއަދު ހެނދުނު 8:30 ހާއިރުއެވެ.
އެމްއެންޑީއެފުން ވިދާޅުވާ ގޮތުގައި ހެލިކޮޕްޓަރުގައި އިތުރު ފަރުވާއަށް މާލެ ގެނެވުނީ އިއްޔަ ވިހޭ ތުއްތު އަންހެން ކުއްޖެއް ކަމަށެވެ.
ހާލުބޮޑު ބަލިކުއްޖަކު އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު މާލެެ ގެނެސްފައިވާއިރު، އެމްއެންޑީއެފުގެ އެހީތެރިކަމާއި އެކު ހެލިކޮޕްޓަރު މެދުވެރިކޮށް އެކި ފަހަރު މަތިން ވަނީ ބަލި މީހުން މާލެ ގެނެސްފައެވެ.