ލ. ކުނަހަންދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ 23:39 ހާއިރުއެވެ. އަދި އެގޭގެ ގުދަނުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކުރައްވައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ގެއަކީ މިހާރު މީހުން ދިރިއުޅެމުން އަންނަ ގެއެއް ނޫނެެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.
މިފަހަކަށް އައިސް މިފަދަ ހާދިސާތައް ހިނގާލެއް ވަނީ ގިނަވެފައެވެ. ދާދިފަހުން މިފަދަ ކަންތައް ދިމާވާ ސަބަބުތަކާއި އިތުރަށް ސަމާލިކަން ދޭންވީކަންތައް ހާމަކުރުމަށް އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަރަންޓު ބޭނުންކުރެވޭ ގޮތުގެ ސަބަބުން ދިމާވާ އަލިފާނުގެ ހާދިސާތައް މަދުކުރަން ރައްކާތެރިކަމާ އެކު ކަރަންޓު ބޭނުންކުރަން އިސްކަންދޭން ޖެހޭ ކަމަށް އެބޭފުޅުން ވަނީ ހާމަކުައްވާފައެވެ.
މިފަދަ 16 ހާދިސާއެއް ދިމާވެފައިވާ އިރު 10 ވެހިކަލެއްގައި އަލިފާން ރޯވެފައިވާ ކަމަށާއި ކަނޑުމަތީ ތިން އުޅަނދެއްގައި އަލިފާން ރޯވި ކަމަށް ވެސް އެފްއާރްއެސް އިންވަނީ ހާމަކޮށްފައެވެ.