ތ. އަތޮޅު ހިރިލަންދޫގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަސައްކަތް ކުރިންވެސް ކުރިއަށް ގެންދިޔަ ޕްލޭންގައި ކުރިއަށް ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހު އެހެން ވިދާޅުވީ، މިއަދު ހިރިލަންދޫ ކައުންސިލަރުންނާއި ބައްދަލުކުރައްވާފައެވެ. މިއަދު ރައީސް އޮފީހުގައި ހިރިލަންދޫ ކައުންސިލަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއު މިހާރު އޮތް ޕްލޭނާއި އެއްގޮތަށް ކުރިޔަށްދާނެކަމަށެވެ. އަދި ކައުންސިލުން އިތުރަށް އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ރައީސް އާއި ބައްދަލުކުރައްވައި ހިރިލަންދޫ ކައުންސިލްގެ ފާހަގަކުރެއްވީ، އެރަށުގެ ބިންހިއްކުމުގެ މަޝްރޫއާއި، ސިއްހީ ދާއިރާއިން ހުރި ދަތިތަކާއި، ބަނދަރު ގައި ރަނގަޅު ކުރަންހުރި ކަންކަމުގެ ވާހަކައެވެ.
މި ބައްދަލުވުމުގައި ހިރިލަންދޫ ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ކައުންސިލް މެމްބަރުންނާއި ރައީސް ސޯލިހާ ވަނީ މަޝްވަރާކުރައްވާފައެވެ.