ބޮލީވުޑްގެ މަޝްހޫރު ތަރި ސިދާތު މަލްހޯތްރާ ޗުއްޓީ ހޭދަ ކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.
މީގެ ކުރިންވެސް ސިދާތުވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ.
އުމުރުން 34 އަހަރު ސިދާތު ޗުއްޓީ ހޭދަ ކުރަމުން ދަނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް އެނގިފައެއް ނުވެއެވެ.
ސިޔާތު ބޮލީވުޑަށް ތަޢާރަފްވެފައިވަނީ 2012 ވަނަ އަހަރު ރިލީސް ކުރެވުނު ކާމިޔާބު ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔާ އިންނެވެ.
ސިދާތް ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި "ސްޓޫޑެންޓް އޮފް ދަ އިޔާ"، "ހަސީ ތޯ ޕަސީ"، "އެކް ވިލަން" ފަދަ ކާމިޔާބު ފިލްމުތައް ހިމެނެއެވެ.
ސިދާތް ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ މަހު 17ގައި ނެރުމަށް ހަމަޖެހިފައިވާ ފިލްމު 'ޖަބަރިޔާ ޖޯޑީ'އިންނެވެ.