އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އިސްނަގައިގެން، އަލަށް ފަށާ ވިޔަފާރި ތަކަށާއި އަދި މިހާރު ހިންގަމުންދާ ވިޔަފާރި ތަކަށް ހާއްސަ ކޮށްގެން ދެ ލޯނެއް ތައާރަފް ކޮށްފިއެވެ.

އެސްޑީއެފްސީ އިން "ފަށާ ވިޔަފާރި" އަދި "ވިޔަފާރި ތަރައްގީ" ނަމުގައި ތައާރަފް ކުރި މި ލޯނަކީ އަލަށް ފަށައިގެން އުޅޭ ވިޔާފާރި ތަކަށާއި އަދި މިހާރުވެސް ހިންގަމުންގެންދާ ވިޔަފާރި ތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ތައާރަފް ކުރި ލޯނެކެވެ.

އެސްޑީއެފްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ލޯނުތައް ދޫކުރާނީ ހަތަރު ޕަސެންޓާއި ނުވަ ޕަސެންޓާ ދެމެދު އިންޓަރެސްޓް ރޭޓެއްގައި، ގިނަވެގެން 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ. އަދި ލޯނު ދޫކުރެވޭނެ އިންޓަރެސްޓް ރޭޓާއި މުއްދަތު ކަނޑައެޅޭނީ ލޯނު އެޕްލިކޭޝަންތަކާއި ވިޔަފާރީގެ ރިސްކު އަދި ފީސިބިލިޓީއަށް ވެސް ބެލުމަށް ފަހު ކަމަށާއި އަދި ލޯނުގެ އަދަދާއި ވިޔަފާރިއަށް ބެލުމަށް ފަހު، ރަހުނަކާ ނުލައި ވެސް ލޯނު ދޫކުރެވިދާނެ ކަމަށްވެސް އެސްޑީއެފްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެސްޑީއެފްސީ އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *