ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އައިރު ވައްކަމާއި ފޭރުމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނައީ، ހަތިޔާރުގެ ބޭނުން ކުރުމެއް ނެތި މޮބައިލް ފޯނުފަދަ ތަކެތި ފޭރިފައިވާ މައްސަލަކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިހެން ވިދާޅުވެފައިވަނީ 2018 އިން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ހިނގާފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ފުލުހުން ވިދާޅުވެފައިވާ ގޮތުން، 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިރު ފުލުހުންނަށް ހުށަހެޅިފައިވަނީ ޖުމްލަ 113 މައްސަލައެވެ. އޭގެ ތެރޭގައި 57 މައްސަލައަކީ ހަތިޔާރު ބޭނުން ނުކޮށް މޯބައިލް ފޯނު ފަދަ ތަކެތި ފޭރި ގަތް މައްސަލަ ހިމެނެއެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ ތެރޭގައި ގިނައީ މާލޭގައި ހިނގާފައިވާ ވައްކަމާއި ފޭރުމެވެ. މީގެ އިތުރުން ފުލުހުން ވަނީ މާލޭގައި ހިނގާފައިވާ ބައެއް ބޮޑެތި ފޭރުމުގެ މައްސަލަތަކާއި ބެހޭ ވާހަކަތައް ދައްކަވާފައެވެ. އޭގެ ތެރޭގައި މައިިގަނޑަކަށް ތަފްސީލުކޮށްދެއްވާފައިވަނީ ރާވައިގެން ކުރިއަށް ގެންދެވުން ފޭރުމުގެ ހަރަކާތްތައް ގިނައެވެ.

ފުލުހުން ވަނީ ވައްކަމާއި ފޭރުން ކޮންޓްރޯލް ކުރުމުގައި އެމީހުންގެ ދައުރާއި މަސައްކަތް ބަޔާންކޮށްދީފައެވެ. މި ގޮތުން މާލޭގެ މަގުތަކުގައާއި ރަށްރަށުގައި ޕެޓްރޯލްކުރުމަށް ފަރުވާތެރިކަން ބަހައްޓާކަމަށާއި، ކުރިން އެފަދަ ފޭރުންތައް ހިނގާފައިވާ ސަރަހައްދުތަކާއި ހިނގުން އެކަށީގެންވާ ތަންތަން ބަލައި ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރު ވޭތޯ ނުދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެންމެ ގިނައިން ފާރުމުގެ ޖަރީމާތައް ހިނގާފައިވަނީ އާޓިފިޝަލް ބީޗް ސަރަހައްދާއި، އިންޑަސްޓްރިއަލް ޒޯނުގަ އާއި އުސްފަސްގަނޑު ސަރަހައްދުގައެވެ. އަވަށްތަކަށް ބަލާއިރު އެންމެ ގިނައީ ހެންވޭރު އަދި މާފަންނުގައެވެ.

މީގެ އިތުރުުން ފުލުހުން ވަނީ ވައްކަމާއި ފޭރުމުގައި ޢާންމު ރައްޔިތުންގެ މުހިންމުކަން ބަޔާންކުރައްވާފައެވެ. ފުލުހުން ވިދާޅުވީ، މަގުމަތިން ހިނގާއިރު ދަބަސް ފަދަ ތަކެތި މަގާ ދުރު ފަރާތުގައި ބެހެއްޓުމަށާއި ގިނަ އަދަދެއްގެ ފައިސާ ތަންތަނަށް ގެންދިޔުމުގައި ފުލުހުންގެ އެއްބާރުލުން ހޯދުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ. މައިގަނޑު ގޮތެއްގައި ފުލުހުން ޢާންމުންގެ ކިބައިން އެދިފައިވަނީ ރައްކާތެރިވުމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *