މާފަންނު ހޮޓަލެއްގައި ސައިބޯން އިން ބިދޭސީއަކަށް ހަމަލާ ދިނުމަށް ފަހު އެމީހާ އަތުގައި ހުރި ގިނަ އަދަދެއްގެ ޑޮލަރު ފޭރި ގަނެފިއެވެ.
"ޖަޒީރާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭރިގަނެފައިވަނީ 1،300 ޑޮލަރެވެ.
އަފި ފޭރިގަތް ޑޮލަރުތަކަކީ ތިން ބަންގްލަދޭސްއަށް ފޮނުވަން ވެގެން އުޅުނު ޑޮލަރުތަކެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ، މިއަދު ހަވީރު މާފަންނު އޭސް ހާޑުވެއާ ކައިރިން ބިދޭސީއެއްގެ އަތުން ފައިސާތަކެއް ފޭރިގަތް މައްސަލައިގައި 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި ފޭރުނު ޑޮލަރުތައްވެސް ފެނިފައިވާ ކަމަށެވެ.