ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑުން އިސްނަގައިގެން އާތް ޑޭ ފާހަގަކުރުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ޖަޒީރާ ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަރީން ވިދާޅުވީ، އާތް ޑޭ ފާހަގަކުރުމަށްޓަކައި އެލިމިޓެޑުން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަރީން ވިދާޅުވީ، އާތް ޑޭ ފާހަގަކުރުމަށްޓަކައި، އެ ލިމިޓެޑުން ގުޅީފަޅު އަދި ތިލަފުށި ސާފުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޕްރޮގްރާމުގައި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑްގެ ހުރިހާ ސްޓާފުންވެސް ބައިވެރި ވާނެ ކަމަށް އަރީން ވިދާޅުވިއެވެ.

އަރީން ވިދާޅުވީ އެ ސާފުކުރުމުގެ ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ،  މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރު ދޭކުން ހަވީރު ހަތަރު ގަޑި ބަޔަށް ކަމަށެވެ.  އަރީން އިތުރަށް ވިދާޅުވީ، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑްގެ އޮފީސް ވަނީ މިއަހަރުގެ ފެބްރުއަރީ 10 އަކުން ފެށިގެން ޕްލާސްޓިކް ފްރީ ކޮށްފައި ކަމަށެވެ.

މިއަހަރުގެ އާތް ޑޭގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތީމަކީ "ޕްރޮޓެކްޓް އަވަރ ސްޕީސީސް" މިއެވެ. ގިނަ އޮފީސް ތަކުންނާއި ކުންފުނި ތަކުން ވަނީ މިއަހަރުގެ އާތް ޑޭ ފާހަގަކުރުމަށް ވަރަށް ގިނަ ހަރަކާތްތަކެއް ރާވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *