ފ.މަގޫދޫ ރައްޔިތުންގެ މިހިނގާ އޭޕްރީލު މަހުގެ ކަރަންޓް ފީގެ ފަންސާސް އިންސައްތަ، އެރަށު ކައުންސިލުގެ ފަރާތުން ދައްކައިދިނުމަށް ހަމަޖައްސައިފިއެވެ.

"ޖަޒީރާ ނިއުސް" އަށް ދެއްވި ފޯނު އިންޓަވިއުއެއްގައި، ފ.މަގޫދޫ ކައުންސިލަރެއް ކަމަށްވާ އިބްރާހިމް ޒުހޫރު ވިދާޅުވީ، މަގޫދޫ ރައްޔިތުންގެ އޭޕްރީލް މަހުގެ ކަރަންޓް ފީގެ ފަންސާސް އިންސައްތަ ކައުންސިލުގެ ފަރާތުން ދައްކައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަން ފާސް ކޮށްފައިވަނީ، މިއަދު ބޭއްވުނު ކައުންސިލްގެ އާއްމު ބައްދަލު ވުމެއްގައި ކަމަށެވެ.

އިބްރާހިމް ޒުހޫރު އިތުރަށް ވިދާޅުވީ، ކޮންމެ ގޭބިސީއެއްގެ މިމަހުގެ ކަރެންޓް ފީގެ ފަންސާސް އިންސައްތަ ކައުންސިލުގެ ފަރާތުން ދައްކައިދެނީ، ރައްޔިތުންނަށް އެފަރާތުން ދޭ ހަދިޔާ އެއްގެ ގޮތުގައި ކަމަށެވެ. 

ކޮންމެ އަހަރެއްގެވެސް ރޯދަމަހާއި ދިމާކޮށް، ގިނަ ރަށްރަށެއްގެ ކައުންސިލުގެ ފަރާތުން ދަނީ، ރައްޔިތުންނަށް އެކި ކަހަލަ ރޯދަ ހަދިޔާ އަދި ރޯދަ މަހަށް ހާއްސަކޮށްގެން އިނާޔަތްތައް ދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *