އާސަންދައިގެ ތެރެއަށް ކޮރަޕްޝަން ވަދެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ އިއްޒަތްތެރިންގެ ސަމިޓު ފައްޓަަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، ދައުލަތުގެ ހިލޭ އެހީގައި ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަތް ދޭއިރު، އާސަންދައިގެ ތެރެއަށް ވެސް ކޮރަޕްޝަން ވަދެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އާސަންދައިގެ ތެރެއަށް ކޮރަޕްޝަން ވަދުމަކީ ދައުލަތުގެ ބަޖެޓުން، ވަރަށް ގިނަ ފައިސާތަކެއް އިސްރާފުވެގެންދާ ކަމެއްގެ ގޮތުގައި ރައީސް ސޯލިހް ސިފަކުރެއްވިއެވެ. ލަންކާ އާއި އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ މަގުފަހިކޮށްދިނުމަށްޓަކައި "މެރަނާ"ގެ ނަމުގައި، މި މަހުގެ ތެރޭގައި ސަރުކާރުން އާސަންދަ ސްކީމެއް ތައާރަފްކޮށްްފައިވާކަން ރައިސް ސޯލިހް ފާހަގަކުރެއްވިއެވެ. 

ސިއްހީީ ދާއިރާގެ ތަރައްޤީއަށްޓަކައި، މިހާތަނަށް ރާއްޖޭގެ ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ފަރާތްތަކުން ކޮށްދެއްވި ހިދުމަތްތައް ވަރަށް މުހިއްމު ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިިއްހީީ ހިިދުމަތްތައް ފޯރުކޮށްދެއްވުމުގައި، ހެލްތް މިނިސްޓަރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.

މި ސަރަހައްދުގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު، އާާންމު ސިިއްހީ ހިދުމަތްތަކުގައި ރާއްޖެ ކުރިއަރައި ދިޔައީ، ވިސްނުންތެރިކަމާއި ހިިކްމަތްތެރިކަމާ އެކު، އެބޭފުޅުން ކުރެއްވި މަސައްކަތުންކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *