ރޯދަމަހާ ދިމާކޮށް ބާއްވާ، ނައިޓް މާކެޓު ދަރުބާރުގޭގައި ފަށައިފި އެވެ.

230 ދަރުބާރުގޭގައި މި މަހުގެ 17 އިން 26 ގެ ނިޔަލަށް ކުރިއަށް ގެންދާ ނައިޓް މާކެޓް މި އަހަރު އިންތިޒާމު ކުރަނީ ލިކަމެކް ޕްރައިވެޓް ލިމިޓެޑުންނެވެ.

މިއީ ދަރުބާރުގޭގައި ނައިޓްމާކެޓެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މި އަހަރުގެ ނައިޓް މާކެޓުގައި ރޯދަ މަހަށް ބޭނުންވާނެ ގިނަ ސާމާނުގެ އިތުރުން، އަންނައުނުގެ ގިނަ ބާވަތްތައް ހެޔޮ އަހުގައި ލިބެން ހުރެއެވެ.

ނައިޓް މާކެޓު ކުރިއަށްދާނީ ހަވީރު 4:00 އިން އެރޭ 11:00 އަށެވެ. އަދި މިއަދުން ފެށިގެން 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އިން ރޭގަނޑު 11:00 އަދި 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އިން އެރޭގެ އިރުއޮއްސި 6:00 އަށެވެ.

"ލިކަމެކް ނައިޓް މާކެޓް"ގެ ނަމުގައި ކުރިއަށް ގެންދާ މި ނައިޓްމާކެޓް މި ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ރޭގަނޑު 8:00 އަށް ނައިޓް މާކެޓް އާމުންނަށް ބަންދުވާނެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *