ގދ. ތިނަދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުއްވައިފިއެވެ. 

މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ސެންޓަރު ހުޅުވައިދެއްވީ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފްއެވެ. 

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި ގާއިމުކުރި މި ރިހެބިލިޓޭޝަން ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރު ޝިދާތާ ވަނީ އެ ސެންޓަރުން ދެވޭ ފަރުވާތައް ބައްލަވައިލައްވައިފައެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅައިފައިވާ މުހިންމު ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އެގޮތުން، އައްޑޫ ސިޓީ ހިތަދޫއާއި ހދ. ހަނިމާދޫގައި ގާއިމުކުރެވުނު ސެންޓަރުތަކާއެކު މިހާރު އެ ވައުދު ވަނީ ފުރިހަމަވެފައެވެ.

ރިހެބިލިޓޭޝަން ސެންޓަރުތަކުން ދެވޭ ހިދުމަތްތަކުގެ ތެރޭގައި ޑީޓޮކްސިފިކޭޝަން ފަރުވާއާއި ކޮމިއުނިޓީ ރިހެބިލިޓޭޝަން ފަރުވާ އަދި ސައިކޯސޯޝަލް ފަރުވާގެ އިތުރުން ފަރުވާ ނިމިގެން މުޖުތަމައުއަށް އަހުލުވެރިކުރުވުމަށް ބޭނުންވާ ހުނަރުތައް އަށަގެންނެވުން ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *