އަވަށްޓެރި އިންޑިޔާގެ އެއަރލައިނެއްކަމަށް ޖެޓް އެއާވޭސްގެ ދަތުރުތައް ހުއްޓާލައިފިއެވެ.

ޖެޓް އެއަރވޭސްގެ ދަތުރުތައް ހުއްޓާލާފައިވަނީ ދަރަނި ބޮޑުވެ ތެލަށާއި، އެހެނިހެން މުހިންމު ބޭނުންތަކަށް ކުރަންޖެހޭ ހަރަދުތައް ނުކުރެވުމުގެ ސަބަބުންނެވެ.

ޖެޓް އެއަރވޭސްގެ ދަރަނި 1.2 ބިލިއަން ޑޮލަރަށް އަރާއިރު، އަލުން އެއަރލައިންގެ ދަތުރުތައް ފަށާނެ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ވިޔަފާރީގެ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި، އެ އެއަރލައިން އިން އަލުން ހިދުމަތް ދިނުމުގެ ފުރުސަތު ކުޑައެވެ.

ޖެޓް އެއަރވޭސް އަކީ އެންމެ ބޮޑު މަތިންދާ ބޯޓުގެ ޝަރަފު ލިބިފައިވާ އެއަރލައިންއެކެވެ.

ޖުލްމަ 123 ފްލައިޓާއި އެކު އެ އެއަރލައިން އޮޕަރޭޓް ކުރި އިރު މިހާރު އޭގެ ތެރެއިން ބައެއް ބޯޓުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި ގިނަ ބޯޓު ވަނީ މަރާމާތުކުރަން ޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *