އެޗްބީއޯއިން ދައްކަމުންދާ ކާމިޔާބު ސީރީޒް "ގޭމް އޮފް ތްރޯންސް" ގެ އެންމެ ފަހު ސީޒަނުގެ ނިމުން ދިމާކުރާ މީހަކަށް ކްރޮއޭޝިއާ އިން ހިލޭ ޗުއްޓީ ދަތުރެއް ލިބޭ މުބާރާތެއް ފަށައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މަގުބޫލުކަން ހޯދަފައިވާ މި ސިލްސިލާގެ ގިނަ މަންޒަރުތަކެއް ކްރޮއޭޝިއާގައި ނަގާފައިވާ އިރު، މި ސީރީޒް ނިމިގެންދާގޮތް ދިމާކުރާ މީހަކަށް ޗުއްޓީ ދަތުރެއް ލިބޭ މުބާރާތެއް ހުޅުވައިލީ އެ ގައުމުގެ ޓުއާ އެޖެންސީއެއް ކަމަށްވާ "އަންފޮގެޓަބަލް ކްރޮއޭޝިއާ" ގެ ފަރާތުންނެވެ.

އެ އޭޖެންސީއިން ބުނާ ގޮތުގައި ސިލްސިލާގެ ނިމުން ދިމާކުރާ މީހަކަށް "ގޭމް އޮފް ތްރޯންސް" ތީމްގެ ހަތް ދުވަހުގެ ޗުއްޓީ ދަތުރެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި ދަތުރަކީ ވަރަށް ލަގްޒަރީ ދަތުރަކަށް ވެގެންދާނެ ކަމަށާއި ކްރޮއޭޝިއާގައި އެ ސިލްސިލާގެ މުހިއްމު މަންޒަރުތަކެއް ޝޫޓްކުރި ހިސާބުތަކަށް ޓުއާއެއް ވެސް ދޭނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ލިބިގެންދާ ޗުއްޓީގައި އެ ގައުމުގެ މުހިއްމު ތަންތަން އެ މީހަކަށް ދައްކާލުމަށްވެސް ހަމަޖެހިފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވާން ކުރަންޖެހޭ ކަމަކީ ސީރީޒް ނިމިގެންދާނެ ގޮތް 1،000 ލަފުޒަށް ވުރެ ދިގު ނުވާ ގޮތަށް ލިޔެފައި ތިރީގައި އެވާ ލިންކަށް ފޮނުވާނީއެވެ.
ttps://unforgettablecroatia.com/game-of-thrones-competition?currency=AUD
މި މުބާރާތުގައި ބައިވެރިވެވޭނީ އަންނަ މަހުގެ 5 ގެ ނިޔަލަށެވެ.

ގޭމް އޮފް ތްރޯންސްގެ 8 ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑު ނެރުނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެއީ އެންމެ ފަހު ސީޒަނަށްވުމުންނާއި ދެއަހަރު ދުވަހަށް ފަހު ސީޒަންގެ ޝޫޓީންގ ދިގުދެމިގެން ދިއުމުން، ބެލުންތެރިން ތިބީ އެކަމަށް ވަރަށް ކެތްމަދުވެފައެވެ.

މި ސީރީޒްގެ ފަހު ސީޒަންގައި ހިމެނެނީ ހަ އެޕިސޯޑެވެ. އަދި ރިޕޯޓުތަކުން ދައްކާގޮތުގައި، ފަހު ސީޒަން ލީކްވެދާނެ ކަމުގެ ބިރަށްޓަކައި ސިލްސިލާގެ ޓީމުން ވަނީ ހައެއްކަ ގޮތަކަށް އެ ސީރީޒްގެ ކްލައިމެކްސް ޝޫޓްކޮށްފައެވެ. ނަމަވެސް ފެށުނީއްސުރެ ސިލްސިލާ ބަލަމުން އަންނަ ފޭނުންނަށް އޭގެ ނިމުން ދިމާކޮށްލުމަކީ އެހާ އުނދަގޫ ކަމަކަށް ނުވާނެކަމަށް ބައެއް ފޭނުން ބުނެފައިވެއެވެ.

ނިމުން ދިމާކުރާ ނަސީބުވެރިޔާ އަށް ދޭ ޗުއްޓީ ދަތުރު އޮންނާނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *