ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީން ފެއިލް ވެއްޖެ ކަމަށާއި އެހެންކަމުން ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގަތުމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ގޮވާލައިފިއެވެ.

މޫސާ މަނިކު މިހެން ވިދާޅުވެފައިވަނީ މިމަހު 6 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުން ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ޕީޕީއެމްގެ ލީޑާޝިޕްގެ އިސް ބޭފުޅުން އިސްތިއުފާ ދިމުނަށް ފަހު އައު ލީޑަރޝިޕަކަށް ފުރުސަތު ދިނުމަށް ގޮވާލަމުން އަންނަ ދަނޑިވަޅެއްގައެވެ.

17 އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަަކަދައްކަވަމުން މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީގައި އޭނާ ހުރި ދުވަސްވަރު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ނާކާމިޔާބުވުމުން ޕާޓީގެ ލީޑަޝިޕުން އިސްތިއުފާ ދެއްވުމަށްފަހު ދުރަށް ޖެހިވަޑައިގެންނެވި ކަމަށާއި އެހެންކަމުން ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ފަރާތްކުން ސިޔާސީ މައިދާނުން ފެޔަށް ޖެހިވަޑައިގަވަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު މިއަދު ވަރަށް އަދަބުވެރިކަމާއެކު އެދެން އަބްދުއްރަހީމަށް ވެސް ޕީޕީއެމް ދޫކޮށްލައްވާށޭ. ރައީސް ޔާމީނަށް ވެސް ދަންނަވަން ދޫކޮށްލައްވާށޭ. އެތަށް ބައެއްގެ ނަމުގައި ލިބޭ ލާރި، ދަރަނިތަކާ އެއްޗެހި ދައްކާ ހުރިހާ ކަމެއް ކޮށްފައި ތިމާ އަމިއްލަ އަށް ނުހުންނަވާށޭ. ފެއިލްވީމާ ދުރަށް ޖެހިވަޑައިގަންނަވާށޭ. ސިޔާސީ މުސްތަގުބަލު އެބަ އޮތޭ. ޕީޕީއެމް ހިންގަން ބޭނުންވާ ބަޔަކަށް ޕީޕީއެމް ހަވާލުކޮށްލާށޭ" މޫސަ ވިދާޅުވިއެވެ.

މޫސާ މަނިކު ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ޔާމީންގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވެފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް ފަހު އޭނާ ޕީޕީއެމް އާއި ދުރަށް ޖެހިވަޑައިގެންނެވިއެވެ.

މަޖިލިސް އިންތިހާބުން އެމްޑީޕީ އަށް 65 ގޮނޑި ލިބުނުއިރު އިދިކޮޅު ޕީޕީއެމްއަށް ފަސް ގޮނޑި ލިބުނުއިރު ކޮންގްރެސް ޕާޓީއަށް ލިބުނީ ތިން ގޮނޑިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *