އައިއެސް އާއި ގުޅިގެން ހަނގުރާމަ ކުރަމުން ދިޔަ އަންހެނަކު ސީރިއާގެ ޖަލެއްގައި ހައްޔަރުވެފައި ހުރިކަން ހާމަވެއްޖެއެވެ.
"ދަ ނިއުޔޯކާ" ނަމަކަށް ކިޔޭ އެމެރިކާގެ މަޝްހޫރު ނޫހަކުން ސީރިއާ އަށް ގޮސް ކުރި ދިރާސާތަކަކުން ވަނީ މިކަން ހާމަވެފައެވެ. އެ ނޫހުގައި ބުނިގޮތުން އައިއެސްގެ އަމާންދިން ހަނގުރާމަވެރިން ތިބި ޖަލަކަށް ގޮސް ހޯދި ހޯދުންތަކުގެ ތެރޭގައި އެ ޖަލުގެ އައިއެސް ހަނގުރާމަވެރިންގެ ޖަމާއަތުގެ ޔުނިޓެއް ކަމަށްވާ، "އަލް ކަސާނާ ބެޓޭލިއަން" ޔުނިޓުގައި ހަނގުރާމަ ކުރި ދިވެހި އަންހެނަކު އެބަ ހުއްޓެވެ. މި ޔުނިޓަކީ އަންހެން ހަނގުރާމަވެރިން ހަރަކާތްތެރިވާ ޖަމާއަތުގެ ބައެކެވެ.
ދަ ނިއުޔޯކާ ނޫހުގައިވަނީ، ރާއްޖޭގެ އަންހެނަކަށް އެތާގައި ހުރި އަންހެނަކީ 23 އަހަރުގެ ދެކުދިންގެ މައެކެވެ. އޭނާގެ ފުރަތަމަ ފިރިމީހާ ހަނގުރާމައިގައި މަރުވެފައިވާއިރު އޭނާގެ ދެވަނަ ފިރިމީހާ ވަނީ އަތުލައިގަނެފައިކަމަށް ބުންޏެވެ.
ސީރިއާގައި ކުރަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކު ވަނީ ސީރިއާއަށް ހިޖުރަކޮށްފައެވެ.