ޖާބިރު ޔުނިވާސިޓީއެއް، ޖާބިރު ބޭންކެއް، ޖާބިރު އެއަރޕޯޓެއް، ޖާބިރު ރިހެބް ސެންޓަރެއް އޮންނާނެ ކަމަށް އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއަށް އިންތިޚާބުވި، އަބްދުﷲ ޖާބިރު މިފަދައިން ވިދާޅުވީ، ޖަޒީރާ ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ. ޖާބިރު ވިދާޅުވީ، ޖާބިރު ބޭންކެއް ހައްދަވައި ޢާންމުންނަށް ލޯނުދީ ހައްދަވާނެ ކަމަށާއި އެއީ ސަރުކާރު ބޭންކު ނުވަތަ ބީއެމްއެލްގެ ބޭންކުން ދޭނެ ލޯނުތަކެއް ނޫންކަމަށެވެ.

އަދި ސަރުކާރުން ހުއްދަ ދެއްވުމުން ޖާބިރު ލޯނުގެ ނަމުން ލޯނު ދޫކުރާނެ ކަމަށާއި އެމަނިކުފާނު ދެއްވަވާ ލޯނަކީ ސަރުކާރު ލޯނާއި އެއްވެސް ގުޅުމެއް ހުރި ލޯނެއް ނޫންކަމަށް ޖާބިރު ވިދާޅުވިއެެވެ.

ޖާބިރު ވަނީ ސިޔާސީ މަތީ ފަރާތްްތަށްވެސް ރިހެބް ކުރަން ޖެހޭ ކަމަށް ވިދާޅުވެ، ޖާބިރުގެ ނަމުގައި ކާށިދޫގައި ރިހެބް ސެންޓަަރެއް ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

އަދި ޖާާބިރު ވަނީ ޖާބިރު ޔުނިވާސިޓީއެއް ބިނާކޮށް އެތަން ދުނިޔޭގެ ފެންވަރުގައި ތަރައްޤީ ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ. 

އަބްދުﷲ ޖާބިރަކީ ކާށިދޫ އަށާއި ގާފަރަށް ޚާއްސަ ތަރައްޤީތަކެއް ގެނެސްދޭނެ ކަމަށް ވިދާޅުވެފައިވާ ބޭފުޅެކެވެ. އަދި އަބްދުﷲ ޖާބިރަކީ މީގެ ކުރިންވެސް ކަށިދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *