މިއަދު ފުވައްމުލަކު ސިޓީގައި މަގުހެދުމުގެ މަޝްރޫޢު ދިވެހި ރާއްޖޭގެ ނައިބު ރައީސް، ފައިސަލް ނަސީމް އިފްތިތާހު ކޮށްދެއްވައިފިއެވެ. 

ނައިބު ރައީސް މި މަޝްރޫޢު އިފްތިތާހުކޮށްފަައިވަނީ އެމަނިކުފާނު ފުވައްމުލަކަށް ކޮށްފައިވާ ދަތުރުފުޅެއްގެ ތެރެއިންނެވެ. ނައިބު ރައީސް އަކީ ފުވައްމުލަކަށް ނިސްބަތްްވާ ފަރާތެކެވެ. އެ މަނިކުފާނު ވަނީ މި މަޝްރޫޢު އިފްތިތާހުކުރުމުގެ ތެރެއިން ފުވައްމުލަކު ރައްޔިތުންނާ ވާހަކަ ދައްކަވައިފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، އެމަނިކުފާނާ އަދި ރައީސް ސޯލިހްގެ ވިސްނުންފުޅަކީ ވެސް، ތަރައްގީގެ މަޝްރޫއުތައް ރައްޔިތުން ބޭނުންވާގޮތަށް ކުރިޔަށް ގެންދެވުން ކަމަށާއި ތަރައްްޤީ ކުރާ މަގުތަކަކީ މީހުންނަށް ބޭނުންކުރަން ފަސޭހަ މަގުތަކަކަށް ވުމަށް އެމަނިކުފާނުން އެދޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *