"މަސްޖިދުލް ބިއްރި"ގެ ނަމުގައި އަމީން ކޮންސްޓްރަކްޝަންގެ އަމިއްލަ ޚަރަދުގައި ވިލިމާލޭގައި އިމާރާތްކޮށްފައިވާ މިސްކިތް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މިއަދު މެންދުރުފަހު ވިލިމާލޭގައި ވަނީ މިކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގޮތުން މިސްކިތް ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިލެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީއެވެ.

މި މިސްކިތް އިމާރާތް ކުރެވިފައިވަނީ އެއްހާސް މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ފަދަ ގޮތަކަށެވެ. ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ މި މިސްކިތުގެ ބިންގާ އަޅާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. 

މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މިސްކިތުގައި ކުރި ޢަޞްރު ނަމާދުގެ ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިންގެ އިތުރުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު އަދި މާލެ ސިޓީ ކައުންސިލްގެ މެންބަރުން، މިސްކިތް ހުޅުވުމުގެ މި ރަސްމިޔާތުގައި ބައިވެރިވެލެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *