ގިނަ މީހުންނަށް ހީވެފައި އޮތް ކުށްހީއަކީ، ދަތްތައް ހުދުކުރުމަށް ބޭނުންވާނީ ހުދު ނުވަތަ، އަލި ބޭހެއް ކަމަށެވެ. ނަމަވެސް ޗާކޯލްްއިން ދަތްތަކަށް ގެނެސްދޭ ބަދަލު ފެނުމުން އެންމެންގެ މި ކުށްހީ ވަނީ ބާތިލް ކުރެވިފައެވެ.
އެކްޓިވޭޓެޑް ޗާކޯލް އަކީ ފަހުން ފަހަކަށް އައިސް މީހުންގެ މަޤްބޫލުކަން ހޯދައިފައިވާ އެއްޗެކެވެ. މުޅި މީސްމީޑިއާގައި އެކްޓިވޭޓެޑް ޗާކޯލް ބޭނުންކޮށްގެންް ދަތްތައް ހުދު ކަފަގަނޑެއްހެން ހަދާލާ ވީޑިއޯތަކާއި ތަސްވޯީރުތައް ޢާންމުކޮށް، ހިއްސާކުރާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.
ޗާކޯލް ބޭނުން ކުރެވެނީ ހަމައެކަނި ދަތްތައް ހުދުކުރުވުމަށެއް ނޫނެވެ. އެ ކަޅު ކުނޑިތައް ބޭނުންކޮށްގެން މޫނު ދޮވުމާއި، އިސްތަށިގަނޑު ދޮވުން ފަދަ ކަންކަންވެސް ކުރާ މީހުން އުޅެއެވެ.
އެކްޓިވޭޓެޑް ޗާކޯލް ބޭނުންކޮށްގެންް ދަތް ހުދުކުރުމަކީ ކޮބާ؟
އެކްޓިވޭޓެޑް ޗާކޯލްއަކީ ޒަމާނުއްސުރެ މީހުންގެ ތެރޭގައި މަޤުބޫލުކަން ހޯދަމުން އައި އެއްޗެކެވެ. ނަމަވެސް 20 ވަނަ ގަރުނު ފެށުން ހިސާބުން ފެށިގެން ޢާންމުންގެ ތެރޭގައި ވަކިން މަތީ މަޤާމެއް ހާސިލްކުރި އެއްޗެއް ކަމަށް ޗާކޯލްް ވިއެވެ. އޭގެ ބޭނުންތަކުގެ ތެރޭގައި ދަތް ހުދުކުރުމަށް ބޭނުން ކުރުން ވެސް ހިމެނެއެވެ.
އެކްޓިވޭޓެޑް ޗާކޯލްއަކީ ބާބަކިޔު ހެދުމަށް މި ބޭނުންކުރަމުން އަންނަ އާދައިގެ ޗާކޯލް އެއް ނޫނެވެ. ޗާކޯލް އުފައްދައިފައިވަނީ، ނާށި، ޖަނަވާރުންގެ ކަށި، ކޯލް، ކީސްކުނޑި ފަދަ ތަކެތި ބޭނުންކޮށްގެންނެވެ. މި ހުރިހާ އެއްޗެއްސަށް ހޫނުކޮށް، ގަދަ ހޫނެއްގައި ކެއްކުމަށްފަހު ޗާކޯލް "އެކްޓިވޭޓް" ކުރުވައެވެ. އެކްޓިވޭޓް ކުރުމުގެ މާނައަކީ އެއްޗެއް ހަރަކާތް ކުރުވަން ފެށުމެވެ.
އެކްޓިވޭޓެޑް ޗާކޯލް ދަތްތަކުގައި ހޭކުމުުން، ކެމިކަލް ރިއެކްޝަންތައް ކުރިއަށްގޮސް ދަތްތަކުގައިވާ ބެކްޓީރިއާ ތަކާއި މި ނޫންވެސް ގެއްލުން ހުރި މާއްދާތައް ނައްތާލައެވެ. އެކްޓިވޭޓެޑް ޗާކޯލް އަކީ އިންސާނުންގެ ހަށިގަނޑާ ނުވަތަ ލެއާ އެކުވާ އެއްޗެއް ނޫންކަމުން، ހުރިހާ ނުރައްކާތެރި މާއްދާތައް ހަށިގަނޑުން ޗާކޯލްތަކާއި އެއްކޮށް ބޭރުވާނެއެވެ.
ބޭސްވެރިކަމުގައި އެކްޓިވޭޓެޑް ޗާކޯލްގެ ދައުރު
އޭގައިވާ އާދަޔާ ޚިލާފު ޕްރޮޕަޓީސްތަކުގެ ސަބަބުން އެތައް ސިއްހީ ބޭނުމަކަށް އެކްޓިވޭޓެޑް ޗާކޯލް ބޭނުން ކުރެވެއެވެ. ޗާކޯލް އިން ކޮށްދޭ އެންމެ މުހިންމު އެއް ކަމަކީ، އިންސާނުން އޯވަރ ޑޯޒް ވުމުން ދުރުކޮށް ދިނުމެވެ. އެހެންކަމުން ވިހަ މާއްދާއެއް ހަށިގަނޑަށް އެތެރެ ވެއްޖެނަމަ، އެ ވިހަ މާއްދާ ހަށިގަނޑުން ބޭރު ކުރުވުމުގެ ޤާބިލްކަން އެކްޓިވޭޓެޑް ޗާކޯލްގެ ކިބައިގައި ހުރެއެވެ. މީގެ އިތުރުން އެތައް ޑްރަގެއްގެ އަސަރު މަޑުކުރުވުމަށް އެކްޓިވޭޓެޑް ޗާކޯލް ބޭނުން ކުރެވެއެވެ.
އެކްޓިވޭޓެޑް ޗާކޯލް އިން ލިއްބައިދޭ ސިއްހީ ފައިދާ
- ކިޑްނީގެ ނިޒާމު ކުރިއަށް ގެންދިޔުމަށް އަޅާ ހުރަސްތައް ނައްތާލައިދޭ
- ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްދޭ
- ހަންގަނޑު އޮމާންކޮށްދޭ
- ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ
- ގޭސްޓްރިކް ވުމާއި ބަނޑަށް ވައިއެރުން ފަދަ ހަޖަމް ކުރުމުގެ ނިޒާމަށް ޖެހޭ މައްސަލަތަކުން ދުރުކޮށްދޭ
- މުސްކުޅިވާލެއް ލަސްކޮށްދޭ