ރިޕޯޓުތަކުން ދައްކާ ގޮތުގައި ބޮލީވުޑްގެ ތަރިންގެ ތެރެއިން މިދިޔަ އަހަރަށް އިންކަމް ޓެކްސްގެ ގޮތުގައިި އެންމެ ބޮޑު އަދަދެއް ދެއްކީ އަމީތާބް ބައްޗަންއެވެ. 

އަމީތާބުގެ ތަރުޖަމާނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޓެކްސްގެ ގޮތުގައި 70 ކްރޯޑް ރުޕީސް (10.1 މިލިއަން ޑޮލަރު) އޭނާ ދައްކާފައިވެއެވެ. އަމީތާބަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ދުވަސްވީ އަދި އެންމެ ހުނަރުވެރި އެއް ފަންނާނެވެ. އޭނާގެ ފިލްމީ ހަޔާތުގެ ކާމިޔާބު ކަން ޢޭނާއަށް ލިބިފައިވާ އެވޯޑުތަކުންވެސް ބެލުންތެރިންނަށް އެނގިގެންދާނެއެވެ. ފިލްމުތަކުން ބޮޑު އާމްދަނީއެއް ހޯދުމުގެ އިތުރަށް އަމީތާބަކީ ޓީވީ ޝޯތަކާއި ޓީވީ އިޝްތިހާރުތަކުން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް އެކްޓަރެވެ.

އޭނާގެ ގިނަ ފިލްމުތަކަކީ ހިޓު ފިލްމުތަކަކަށްވެފައިވާއިރު، މިއަހަރު ރިލީޒްކުރި އޭނާގެ ފިލްމު "ބަދުލާ" އަށްވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. އެއީ މިއަހަރު ބޮލީވުޑުން ނެރުނު ފިލްމުތަކުގެ ތެރެއިން ވިޔަފާރި އެންމެ ރަނގަޅުއެއް ފިލްމު ކަން ވެސް ފާހަގަކޮށްލެވެއެވެ. 

ބޮލީވުޑްގެ އެންމެ މުއްސަނދި ތަރިންގެ ތެރޭގައި ހިމެނޭ އަމީތާބްގެ ތަރުޖަމާން ބުނި ގޮތުގައި ޓެކްހުގެ ގޮތުގައި 70 ކްރޯޑް ދެއްކުމުގެ އިތުރަށް އޭނާ ވަނީ ބިހާރުގެ މުޒައްފަރުޕޫރްގެ 2،084 ދަނޑުވެރިއަކު ނަގާފައިވާ ލޯނު ވެސް ދައްކައިދީފައެވެ.

ބޮލީވުޑްގެ ތަރިންގެ ތެރެއިން ޓެކްހުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކާ ތަރިންގެ ތެރޭގައި ޝާހްރުކް ހާންް،، ސަލްމާން ހާން އަދި އަކްޝޭ ކުމާރު ފަދަ ތަރިން ހިމެނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *