މި އަހަރުގެ ރޯދަމަހާއި ދިމާކޮށް ހެޕީމާކެޓް އިން ކ. ހިންމަފުށީގައި ފިހާރައެއް ހުޅުވައިފިއެވެ.

ހެޕީމާކެޓް ޝޮޕް7 ގެ ނަމުގައި ހިންމަފުށީގައި ހުޅުވި މި ފިހާރައަކީ އެކުންފުނީގެ ހަތް ވަނަ ފިހާރައެވެ. މި ފިހާރަ ހުޅުވައިދެއްވީ އެ ރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ ހުސައިން އަބްދުލް ރަހްމާނެވެ.

ހެޕީމާކެޓުން މައުލޫމާތު ދިންގޮތުގައި، ހިންމަފުށީގައި އަލަށް ގާއިމުކުރި މި ފިހާރައިންވެސް، ޑިސްޓްރިބިއުޓް ކުރާ ހުރިހާ މުދަލެއް މާލެ އާއި އެއް އަގެއްގައި ހިންމަފުށީގެ ފިހާރައިން ލިބޭނެ ކަމަށެވެ. 

ހެޕީމާކެޓްގެ ބްރޭންޑެއް ކަމުގައިވާ "ލައިފް" ބްރޭންޑްގެ ފެން ފެކްޓްރީ ހުންނަނީ ހިންމަފުށީގައެވެ. އެގޮތުން، އެ ރަށުގައި މި ފިހާރަަ ހުޅުވުމުގެ މަގްސަދަކީ އެ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމުގެ އަގުވަޒަން ކުރުމެވެ. އަދި ފަސޭހަކަމާއެކު މި ފިހާރައިން މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރާ ހުރިހާ މުދަލެއް ހިންމަފުއްޓަށް އެންމެ ތާޒާކަންމަތީ ފޯރުކޮށްދިނުމަށް ކަމަށެވެ.

ހެޕީމާކެޓުން ބުނިގޮތުގައި އެކުންފުނީގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ އެެންމެ ކޮލެޓީ ރަނގަޅު ކެއިން ބުއިމުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް އެ ތަކެތި ހެޔޮއަގުގައި ރާއްޖެއިން ލިބޭނެ ގޮތް ހެދުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *