އަރުޖުން ކަޕޫރް މި އަހަރު ފެންނަ ފުރަތަމަ ފިލްމު "އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
އެ ފިލްމްއަކީ އިންޑިއާގައި ހިނގާފައިވާ ބޮޑެތި ނުރައްކާތެރި އެތައް ހާދިސާއެއްގެ ފަހަތުގައި ހުރި ޓެރަރިސްޓަކު ހޯދަން ކަނޑިބަޑީގެ ކުރިމަތިލުމަކަށް ގޮސް އެޖެންޓަކު ކުރާ އާދަޔާހިލާފު މަސައްކަތްތަކެއްގެ މައްޗަށް ބިނާކޮށް، ރާޖްކުމާރު ގުޕްތާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
އަންނަ މަހުގެ 24 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ "އިންޑިއާސް މޯސްޓް ވޯންޓެޑް" އަރުޖުން ފެނިގެން ދާނީ ވަރަށް ތަފާތު ރޯލަކުންނެވެ. މި އެކްޝަން ތުރިލާގެ އިތުރު ކާސްޓުންނަކީ އަމްރިތާ ޕޫރީ، ރާޖޭޝް ޝަރުމާ، ޕްރަސާންތު އަދި ޝާންތީލާލު މުކަރްޖީ އެވެ.
އަރުޖުންގެ އިތުރު ދެ ފިލްމެއް މި އަހަރު ފެންނާނެ އެވެ. އެއީ އަދި ރިލީޒް ކުރާނެ ތާރީހެއް ނޭނގޭ "ސަންދީޕް އޯރް ޕިންކީ ފަރާރް" އާއި ޑިސެމްބަރު 6 ގައި ރިލީޒް ކުރާ "ޕާނިޕަޓް" އެވެ.
އޭނާއަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ އަޖޭ ދޭވްގަންގެ "ރެއިޑް" ގެ ޑައިރެކްޓަރު ވެސް މެ އެވެ.