އޮރެންޖަކީ މުޅި ދުނިޔޭގައި ނަން މަޝްހޫރު، އެންމެންގެ މަޤްބޫލުކަމެއް ހޯދައިފައިވާ މޭވާއެކެވެ. އޮރެންޖަށް ބައެއް މީހުން ސްވީޓް އޮރެންޖު ނުވަތަ ފޮނި އޮރެންޖޭވެސް ކިޔައި އުޅެއެވެ. އޮރެންޖަކީ "ސިޓްރަސް ފްރުޓްސް" ނަމަކަށް ކިޔޭ މޭވާ އާއިލާއެއްގެ މެމްބަރެކެވެ. އޮރެންޖު ހެދެނީ ރާއްޖޭގެ އެންމެ ހޫނުގަދަ ހިސާބުތަކުގައެވެ.

އޮރެންޖުން ދެނީ ހުތްފޮނި ރަހައެކެވެ. އޮރެންޖު މަޝްހޫރުވެފައިވަނީ އޭގައިވާ ގަދަ އޮރެންޖު ކުލައިގެ ތޮށިގަނޑު އަދި އޭގެއިން ދޭ މީރު ރަހައިގެ ސަބަބުންނެވެ. އޮރެންޖަކީ އޭގައި ގިނަ އަދަދެއްގެ ފައިދާ ހުރި މާއްދާތައް އެކުލެވިގެންވާ، ސިއްހަތަށް ފައިދާހުރި މޭވާއެކެވެ.

ދިވެހިންނަށް ވެސް އޮރެންޖަކީ މުހިންމު މޭވާއެކޭ ބުނެވިދާނެއެވެ. ދިވެހިންގެ ތެރެއިން ގިނަ މީހުން ރޯދަ ވީއްލަން ތައްޔާރުކުރާ ބުއިންތަކުގެ ތެރޭގައިވެސް އޮރެންޖު ބޭނުންކޮށްގެން ބުއިންތައް ތައްޔާރު ކުރާ ކަން ފާހަގަ ކުރެވެއެވެ. ހަމަ އެހެންމެ އޮރެންޖު ބޭނުންކޮށްގެން ފޮނި ކާނާތައްވެސް ތައްޔާރުކުރާ މީހުން އުޅެއެވެ.

އޮރެންޖުން ލިއްބައިދޭ ސިއްހީ ފައިދާތައް

ހިތުގެ ދުޅަހެޔޮކަން

މިހާރަކަށް އައިސް ޒުވާން ދުވަސްވަރު ހިތުގެ ތަފާތު ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ވަރަށް ގިނައެވެ. ހެސްޕެރިޑިން ފަދަ ފްލެވަނޮއިޑްގެ މާއްދާތަކުން މުއްސަނދިވެފައިވާ މޭވާއެއް ކަމަށް އޮރެެންޖު ވަނީ ވެފައެވެ. އެފަދަ މާއްދާތަކަކީ ހިތުގެ ބަލިތަކުން ދިފާއުކުރުމަށް އެހީވެދޭ މާއްދާތަކެކެވެ. މީގެ އިތުރުން ފައިބަރ ގެ މާއްދާއަކީ ވެސް ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ މާއްދާއެކެވެ. އޮރެންޖު ފަދަ ސިޓްރަސް މޭވާތައް ކެއުމަކީ، ލޭގައި ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްދޭ އެއްޗެއް ކަމަށް ވަނީ ދިރާސާތަކުން ސާބިތުވެފައެވެ. މި ހުރިހާ ސަބަބުތަކާއި ހުރެ ހިތުގެ ބަލިތަކުން ދިފާއުކުރުމުގެ ޤާބިލްކަން އެކުލެވޭ މޭވާއެއް ކަމަށް އޮރެންޖު ވަނީ ވެފައެވެ.

ކިޑްނީގައި ހިލަ އުފެދުމުން ދުރުކޮށްދޭ

ކިޑްނީގައި ހިލަ އުފެދުމަކީ މިހާރު ދިވެހިންގެ ތެރޭގައިވެސް ޢާންމުވެފައިވާ ނުރައްކާތެރި ކަމެކެވެ. ކިޑްނީއަކީ ހަށިގަނޑަށް ވަރަށް އަގުބޮޑު އެއްޗެއް ކަމުން އޭގެ ސިއްހަތް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެކެވެ. އޮރެންޖަކީ އޭގައި މަތީ މިންވަރަކަށް ސިޓްރޭޓް ތަކާއި، ސިޓްރިކް އެސިޑް ފަދަ ފައިދާހުރި މާއްދާތައް އޭގައި އެކުލެވިގެންވާ މޭވާއެކެވެ. ޕޮޓޭޝިއަމް ސިޓްރޭޓަކީ ކިޑްނީގައި ހިލަ އުފެދުމުން ދުރުކޮށްދޭ މާއްދާއެކެވެ. އޮރެންޖުގައި އެކުލެވިގެންވާ ސިޓްރޭޓް ތަކުންވެސް މި އަސަރު ފޯރުވާނެ ކަމަށް ބެލެވެއެވެ.

އެނޭމިއާ އިން ދުރުކޮށްދޭ

އެނޭމިއާ އަކީ ހަށިގަނޑުގައި ދައުރުވާ ލޭގައި ބޭނުންވާ ވަރަށް ދުޅަހެޔޮ ރެޑް ބްލަޑް ސެލް ނެތުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ފޯރުކޮށް ދިނުމަށް ދަތިވާ، ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޖެހުމުގެ މައިގަނޑު އަސްލަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އަޔަންގެ މާއްދާ ނުލިބުމެވެ. އޮރެންޖަކީ އޭގައި ސިޓްރިކް އެސިޑާއި ވިޓަމިން ސީގެ މާއްދާތަކުން މުއްސަނދިވެފައިވާާ އެއްޗެކެވެ. މި ދެ މާއްދާގެ ސަބަބުން ހަށިގަނޑަށް އަޔަން އެކުލެވޭ އެހެން ކާނާތައް އެތެރެ ކުރުވުމުން އަޔަން ގެ މާއްދާ ހަށިގަނޑަށް ނަގައިގަންނަން އެހީވެދެއެވެ. ނަތީޖާއެއްގެ ގޮތުން އޮރެންޖު ކެއުމަކީ ނުވަތަ އޮރެންޖު ޖޫސް ބުއިމަކީ، އެނޭމިއާ އިން ދުރުކޮށްދޭ ކަމެކެވެ.

އޮރެންޖުން ތައްޔާރުކުރެވޭ ބައެއް ކާނާ

އޮރެންޖު ބޯކިބާ


އޮރެންޖު ބޯކިބާއަކީ ތައްޔާރުކޮށްލަން ފަސޭހަ މީރު ކެއުމެކެވެ. ރޯދަ ވީއްލާ ވަގުތު ފޮނި ކެއުމަކަށް އޮރެންޖު ބޯކިބާވަރު ވަރެއް ނެތެވެ.

އޮރެންޖު ބޯކިބާ ތައްޔާރު ކުރުމަށްޓަކައި ބޭނުންވާނީ ހަމަ އާދައިގެ ގެރިކިރު ބޯކިބާ ހެދުމަށް ބޭނުންވާ އިންގްރީޑިއެންޓްތަކުގެ އިތުރުން އޮރެންޖެވެ. އެއީ ބިސް، ގެރިކިރު، ފުށް، ބަޓަރ ނުވަތަ މާގިރިން، ބޭކިން ޕައުޑަރ އަދި އޮރެންޖެވެ. 

ކަން ކުރާނެ ގޮތަކީ، ފުރަތަމަ ބިހާއި ބަޓަރ ނުވަތަ މާގިރިން އެއްކޮށް ރަނގަޅަށް ގިރާނީއެވެ. ގެން އޭގެއަށް ގެރިކިރާއި އޮރެންޖު ދިޔަ އަޅާނީއެވެ. ހަމައެއާއެކު ގާނާފައިވާ އޮރެންޖުގެ ތޮށި ވެސް މި ވަގުތު އެއް ކުރާށެވެ. އެއަށްފަހު ރަނގަޅަށް ގިރާލުމަށްފަހު ފުށާއި ބޭކިން ޕައުޑަރ ވެސް އަޅާލުމަށްފަހު އެއްކުރާށެވެ.

ރަނގަޅަށް ހުރިހާ އިންގްރީޑިއެންޓްތައް އެއްކުރުމަށްފަހު ޓްރޭ އެއްގެ އެތެރޭގައި ބަޓަރ ނުވަތަ މާގިރިން އުނގުޅާށެވެ. އެއަށްފަހު ގިރާފައިވާ ބޯކިބާގެ އޭގެއަށް އޮއްސައިލާށެވެ. ދެން ބޭނުންނަމަ ބޯކިބާގެ މަތީގައި ބޭނުން ފަރުމާއަކަށް ތުނިކޮށް ފޮތިކުރެވިފައިވާ އޮރެންޖު އެތުރިދާނެއެވެ. ދެން އަވަނަށް ލުމަށް ފަހު ފިހެލާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *