އިންޑިއާގައި ޓިކްޓޮކް އެޕްލިކޭޝަން ބޭނުން ނުކުރެވޭނެހެން އެޕްސްޓޯ އާއި ޕްލޭ ސްޓޯއިން އެ އެޕްލިކޭޝަން ނަގައިދިިނުމަށް އިންޑިއާގެ ސަރުކާރުން އެދިއްޖެ އެވެ.

މި ގޮތަށް މިކަން ކުރަން ނިންމާފައިވާއިރު، ވަރަށްފަހުން ވަނީ ޓިކްޓޮކް ވީޑިއޯ އެއް ނެގުމުގައި އުޅެނިކޮށް އިންޑިޔާގެ ޒުވާނަކަށް ބަޑީގެ ހަމަލާއެއްގައި އަނިޔާވެފައެވެ. އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އިންފޯމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން، އެޕަލް އަދި ގޫގަލް އިން ޓިކްޓޮކް ޑައުންލޯޑް ނުކުރެވޭ ގޮތް ހަދައިދޭން އެދިފައިވަނީ މި އެޕްްލިކޭޝަން މެދުވެރިކޮށް ފަތުރަަމުންދާ ބައެއް ވީޑިއޯ ތަަކުގެ ސަަބަބުންނެވެ. 

ޓިކްޓޮކް އަކީ ޗައިނާގެ ކުންފުންޏެއްކަމުގައިވާ ބައިޓްޑާންސް އިން އުފައްދާފައިވާ އަދި އެ ކުންފުނިން ހިންގާ އެޕްލިކޭޝަނެކެވެ. އިންޑިޔާއިން މި ގޮތަށް އަމަލުކުރަން ނިންމުމުން ބައިޓްޑާންސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ގޮތުން ޗައިނާގެ ބައިޓްޑާންސް އިން ބުނީ މިކަމުގެ ސަބަބުން އެ ކުންފުންޏަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ވާނެ ކަމަށެވެ. އަދި، މިއީ ވަކި ތަަފާތު އެޕްލިކޭޝަނެއް ނޫން ކަމާއި މިއީ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ބޭނުން ކުރާ އެހެން އެޕްލިކޭޝަންތަކެކޭ އެއްކަހަލަ އެއްޗެއް ކަމަށެވެ. 

އިންޑިއާގެ ހައި ކޯޓުގައި މި މަައްސަލަ މިހާރު އޮތް އިރު، މި އެޕްލިކޭޝަން މެދުވެރިކޮށް ނަގާފައި ހުންނަ ވީޑިއޯތައް މީޑިއާގައި ބްރޯޑްކާސްްޓް ނުކުރުމަށް ވެސްް ކޯޓުން ވަނީ އެދިފަ އެވެ. އިންޑިޔާގައި ޓިކްޓޮކް ބޭނުން ކުރުން މަނާ ކުރުމަށް އެއްބަޔަކު އަޑު އުފުލާއިރު މި އެޕްލިކޭޝަން ބޭނުން ކުރާ މީހުން މިކަމާ ދެކޮޅު ހަދާ މީސް މީޑިއާގައި ދަނީ ޝުއޫރު ފާޅު ކުރަމުންނެވެ.

މި އެޕްލިކޭޝަން އަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖޭގައިވެސް މަގުބޫލުކަން ހޯދާފައިވާ އެއްޗެކެވެ. އެތައް ހާހެއްހާ ބަޔަކު ޓިކްޓޮކް ބޭނުން ކުރަމުން އަންނަ އިރު، މީގެ ތެރޭގައި މަޝްހޫރު ފިލްމީ ފަރާތްތަކާއި ލަވަކިޔުންތެރިންވެސް ހިމެނެ އެވެެ.

ޓިކްޓޮކް އެޕްލިކޭޝަން އެޕްސްޓޯ އާއި ޕްލޭ ސްޓޯރުން ނެގި ކަމުގައި ވިޔަސް ޓިކްޓޮކްގެ ރަސްމީ ވެބްސަައިޓުން ގައުމުގެ ނަން ބަދަލުކޮށްގެން ޑައުންލޯޑު ކުރެވޭނެ އެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ލަވަޔާއި ވީޑިއޯ ކްލިޕްތައް ހަދާ ހިއްސާ ކުރެވެ އެެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *