ހދ. އަތޮޅާއި ހއ. އަތޮޅުގައި އެމްޓީސީސީން ސްޕީޑް ފެރީގެ ހިދުމަތް ދޭން ފަށައިފިއެވެ.
އެމްޓީސީސީން އެމްޓީސީސީން މި ރަށްތަކުގެ ސްޕީޑް ފެރީގެ ދަތުރުތަކަށް ހަމަޖައްސާފައި ވަނީ 150ރ. އާއި 250ރ. އާއި ދެމެދުގެ އަގުތަކެކެވެ.
އެމްޓީސީސީން ބުނިގޮތުގައި އިއްޔެ ހިދުމަތް ދޭންފެށީ ހއ. ދިއްދޫ އާއި ހދ. ހަނިމާދޫއާއި އެ އަތޮޅު ކުޅުދުއްފުށްޓަށެވެ. އަދި އެ ތިން ރަށް ފެރީގެ ނިޒާމުން ގުޅާލާނެ ކަމަށް ބުންޏެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނިން ދެމުން އަންނަ ދަތުރުފަތުރުގެ ހިދުމަތް ފުޅާ ކުރަން މިއަދު އެ ދެ އަތޮޅަށް ސްޕީޑް ފެރީ ދަތުރުތައް ރަސްމީކޮށް ފެށި ނަމަވެސް، މިވަގުތަށް އެ ހިދުމަތް ދެމުން ގެންދާނީ އަޖުމަ ބެލުމުގެ ގޮތުން ކަމަށެވެ.