ދިވެހި އަންހެނުންނަކީ, ޒަމާނުއްސުރެ ވަރަށް ރީތިކޮށް ހެދުން އަޅައި ޒީނަތްތެރިވެގެން ތިބޭ ބައެއް ކަމުގައި ރާއްޖެއާ ބެހޭ ގޮތުން އެކި ދުވަސްވަރު ލިޔުއްވާފައިވާ ލިޔުންތެރީން ފާހަގަ ކުރައްވާފައިވެއެވެ. މި ގޮތުން ބަލާއިރު ޒަމާނީ ތަރައްޤީ އާއެކު އެވޭލާ ޒަމާނުގެ އަންހެންވެރީން ހެދުން އަޅައި އުޅުނު ގޮތާއި، ރީތިވެ ނަލަ ހެދުމަށްޓަކައި ކުރަމުން އައި ކަންތައްތަކާއި އެކަމަށް ބޭނުން ކުރަމުން އައި ބާވަތްތަކަށް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

ހެދުމަކީ ކޮންމެ ބައެއްވެސް އެ ބައެއްގެ ޘަޤާފަތާއި، ޒަމާނާއި، އާދަކާދައާއި، ވެއްޓާއި ގުޅޭގޮތަށް ލާ އެއްޗެކެވެ. އަދި އެކި ޢުމުރާއި އެކި މުނާސަބާތަކުގައި ވެސް މީހުން އެކި ވައްތަރު ހެދުން ލައެވެ. މަސައްކަތް ކުރަން ދާއިރު ލާ ހެދުމާއި ގޭގައި އުޅޭއިރު ލާ ހެދުމާއި، ހެނދުނާއި ހަވީރާއި ރޭނގަޑަށްވެސް ވަކި ހެދުމެއް ގެންގުޅުމަކީ އިންސާނީ ޠަބީޢަތެކެވެ.

އެހެންވެސް އެންމެ ރީތީހަމަ ގަޔަށް ދޫކޮށް ދިގުކޮށް ލާ ހެދުމެވެ. ބައެއް އަންހެނުންނަށް ހީވަނީ ކުރުކޮށް ހެދުންލައި ގައިގެ ގުނަވަންތައް ފެންނަން ހުރުމުން ގިނަ ފިރިހެނުންގެ ހިތް ކިޔައި އެމީހުނާ ހެދި އުޅޭނެ ކަމަށެވެ. އެހެންނަމަވެސް އެއީ މުޅިން ކުށްހީއެކެވެ. ސަބަބަކީ އެންމެންނަށް ފެނި ބާ ވެފައިވާ އެއްޗެއް އެއްވެސް މީހަކު ބޭނުން ނުވާނެތީއެވެ. އޭގެ ބަދަލުގައި ދިގުކޮށް ހެދުން ލައިިން އުޅޭ ކުދިން ފެނުމުން އެ ފިރިހެނުންނަށްވެސް ރީީތިވާނެއެވެ

ޢައުރަ ނިވާ ވާ ކޮންމެ ހެދުމަކީވެސް ފުދޭނެ ހެދުމެކެވެ. ކޮންމެ ކުލައެއްގެ ކޮންމެ، މަރުކާއެއްގެ، ކޮންމެ އަގެއްގެ ހެދުމެއްވެސް މުސްލިމް އަންހެނަކަށް ލެވިދާނެއެވެ. ނަމަވެސް ޝަރުޠަކީ އެއީ ޢައުރަ ނިވާ ވާ، އަދި މުސްލިމް އަންހެނުންގެ ހެދުމުގައި ހުންނަން ޖެހޭ ޝަރުޠު ހަމަވާ ހެދުމަކަށް ވުމެވެ.

ހަމަ އެހެންމެ، ތަފާތު ގޮތްގޮތަށް ފަހާފައި ހުންނަ ތަފާތު ވައްތަރު ވައްތަރުގެ ހެދުން ލުމަކީ ދީނުގައި ފަހަރެއްގައިވެސް މަނާ ކަމެއް ނޫނެވެ. އެ މީހަކު ބޭނުންވަރެއްގެ ރީތި ހެދުމެއް ލެވިދާނެއެވެ. ސަބަބަކީ އިސްލާމް ދީނަކީ އަބަދުވެސް ރީއްޗަށް ލޯބި ކުރާ ދީނަކަށް ވާތީއެވެ. އެހެންނަމަވެސް ކުރިން ބުނިހެން އެ ހެދުން ވާން ވާނީ ގަޔަށް ދޫ އައުރަ ނިވާވާ ހެދުމަކަށެވެ.

ވީމާ އަހަރެމެން ލާ ހެދުމަކީ ޢައުރަ ނިވާ ވާ ހެދުމަކަށް ވުމަކީ، ޝައްކެއްވެސް ނެތް ގޮތުގައި، މާތް ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވުމުގެ އިތުރުން، އެކަލާނގެ ދެއްވި ނިޢްމަތްވެސް ފުރިހަމަ ގޮތުގައި ބޭނުން ހިފޭނެ ކަމެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *