ހއ.ހޯރަފުށީގައި ސަރުކާރުން އަޅައިދިނުމަށް ވައުދުވި އެއާރޕޯޓް އަޅައި ދިނުމަށް، އެ ރަށުގެ ފަޅުތެރެއިން ބައެއް ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ފުރަތަމަ، ހޯރަފުށީގައި އެއާރޕޯޓެއް އަޅައިދިނުމަށް ވައުދުވި ނަމަވެސް ފަހުން، އެސަރުކާރުން ނިންމެވީ އެއާރޕޯޓް ހޯރަފުށީގެ ބަދަލުގައި، އެރަށު ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މާފިނޮޅުގައި އެޅުމަށެވެ. ނަމަވެސް މިހާރުގެ ރައީސް ސޯލިހް އެރަށަށް ކުރެއްވި ދަތުރުފުޅެއްގައި، އެ އެއާރޕޯޓް ހޯރަފުއްޓަށް ބަދަލުކޮށް، ރަސްމީކޮށް އިއުލާން ކުރެއްވިއެވެ.

މިއަދުގެ ވަގުތެއްގައި އެމްޓީސީސީގެ މަހާޖައްރާފު އެރަށުގެ ހުޅަނގު ދެކުނު ފަރާތުގެ ފަޅު ހިއްކުމަށް ވަނީ އެރަށަށް ގެން ގޮސްފައި އެވެ. ހޯރަފުށީގައި އެއާޕޯޓް އެޅުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހާވަލު ކުރެއްވީ މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރު، އައިޝާ އެރަށަށް ކުރެއްވި ދަތުރުފުޅެއްގައެވެ. ހއ. ހޯރަފުއްޓަކީ، ޓްރާންސްޕޯޓް މިނިސްޓަރު، އައިޝާގެ އުފަން ރަށްވެސް މެއެވެ.

ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަނީ މަހާޖައްރާފުންނެވެ. މަހާޖައްރާފުން ބިން ހިއްކުމުގެ މަސައްކަތް ދެމަސް ދުވަހުގެ ތެރޭގައި ނިންމާނެއެވެ. މި އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަމަހުގެ 25 ގައެވެ. މި މަސައްކަތް 16 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމާފައި، ސަރުކާރާއި ހަވާލުކުރަން ޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *