ބެލުންތެރިންގެ ވަރަށް ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ގުރުއާން މުބާރާތެއް ކަމަށްވާ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" މިމުބާރާތް މިއަހަރު ރޯދަ މަހު ނުބާއްވާ ގޮތަށް ނިންމައިފިއެވެ.

ޕީއެސްއެމްގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި، ބުނެފައިވާ ގޮތުގައި، ކޮންމެ އަހަރެއްގެ ރޯދަ މަހެއްގައި ޓީވީއެމް އިން ގެނެސްދޭ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ގުރުއާން މުބާރާތް މިއަހަރު އެކަށީގެންވާ ތަރުހީބު ނުލިބުމުގެ ސަބަބުން ބޭއްވުން ފަސްކޮށްފައިވާ ކަމަށެވެ. 

ޕީއެސްއެމްއިން މިއަދު ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މުބާރާތް ނުބާއްވަން ނިންމީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އެ މުބާރާތަށް ކުރިމަތިލި މީހުންގެ އަދަދު މަދުވުމުން ކަމަށެވެ. އެގޮތުން އޮންލައިންކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވައިލުމުން ކުރިމަތިލާފައިވަނީ 24 ފަރާތަކުން ކަމަށާއި އަދި އޭގެ ތެރެއިން 15 ފަރާތަކުން ވީޑިއޯ ހުށަހަޅާފައިވާ ކަމަށް ވެސް އެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

އެންމެ އަލިގަދަ ތަރި މުބާރާތް ބޭއްވުމަށް ބޭނުންވާ ވަރަށް ކުދިން ނުލިބުމުގެ ސަބަބުން ކުރިއަށް އޮތް ރޯދަ މަހު އެ މުބާރާތް ނުބޭއްވި ނަމަވެސް މިއަހަރުގެ ތެރޭގައި އެ މުބާރާތް ބޭއްވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް ޕީއެސްއެމްގެ ޑިރެކްޓަރު އިސްލާމިކް ޕްރޮޑަކްޝަން އިބްރާހިމް އިގްބާލް ވިދާޅުވި އެވެ.

އަދި އޮޑިޝަނަށްފަހު 12 ބައިވެރިންނާއެކު ކުރިއަށްދާ މުބާރާތަށް ހުށަހެޅި ވީޑިއޯއަށް ބަލާއިރު ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މުބާރާތަށް ކުރިމަތިލުމުގެ ފެންވަރު ހަމަވާ ހަތަރު ވަރަކަށް ބައިވެރިން ކަމަށް މީގެ ކުރީގެ މުބާރާތްތަކުގެ އިސް ފަނޑިޔާރު އަލްގާރީ އަހުމަދު ޝިފާއު ވިދާޅުވި ކަމަށް އެ ބަޔާނުގައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *