ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ މަޝްހޫރު ބަތަލާ މަލައިކާ އަރޯރާ އޭނާ ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ ބައެއް ނޫސްތަކުން ފެތުރި ހަބަރު ދޮގުކޮށްފިއެވެ.
މަލައިކާ އަރޯރާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ، މަޝްހޫރު ތަރި އަރުޖުން ކަޕޫރް އާއެވެ. މަލައިކާ އަރޯރާ އަކީ ސުޕަރސްޓަރ ސަލްމާނު ހާންގެ ކޮށްކޮ އެއް ކަމަށްވާ އަރްބާޒް ހާންގެ ކުރީގެ އަންހެނުންނެވެ. މަލައިކާ އަދި އަރްބާޒް ގިނަ އަހަރުތަކެއް ވަންދެން ކައިވެނީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ވަރިވެފައިވަނީ 2017 ވަނަ އަހަރެވެ.
މަލައިކާ އަރޯރާ އަދި އަރުޖުން ކަޕޫރު މިމަހުގެ ތެރޭގައި ކައިވެނި ކުރަން އުޅޭ ކަމަށް ބޮލީވުޑްގެ ހަބަރުތައް ފަތުރާ ބައެއް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައި އެވެ. ނަމަވެސް މަލައިކާ ބުނެފައިވަނީ އެއީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.
ދާދިފަހުން މަަލައިކާ އާއި އަރްޖުން ވަނީ ވަރަށް ފަހުން ޕަޕަރާޒީންނަށް ވަގަށް ރާއްޖެ އައިސް ޗުއްޓީ ވެސް ހޭދަކޮށްފައެވެ. އެކަން ފަޅާއެރީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި އިންޑިއާއަށް ގޮސް ތިއްބާ އެއާޕޯޓުންނެވެ.