މަޖީދީ މަގުގައި ހުންނަ ކެމްޕަސް ކައިރިން ދަތުރު ކުރި ކާރެއްގައި ރޯވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިރޭ 7:30 އެހާއިރު މަޖީދީ މަގުން ދަތުރު ކޮށްފައި ދިޔަ ކާރެއްގެ ހެޑްލައިޓްގައި އަލިފާން ރޯވެގެން އެކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. ފުލުހުން އިތުރަށް ވިދާޅުވީ، ރިޕޯޓް ލިބުމާއި އެކީ ވަގުތުން އެސަރަހައްދަށް ގޮސް، އެކާރުގެ ހެޑްލައިޓްގައި ރޯވެފައިވާ އަލިފާން ގަނޑު ނިއްވާލާފައިވާ ކަމަށެވެ.
މިހާރު އެކާރުވަނީ މާލޭގެ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދަށް ގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. އަދި މިކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް އަދި ފުލުހުން މީޑިއާ ތަކާއި ހިއްސާ އެއް ނުކުރެއެވެ.
މިދުވަސްވަރަކީ ވެރިރަށް މާލޭގައި ވެސް އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ވަރަށް ގިނައިން އަލިފާނުގެ އެކި ހާދިސާތައް ހިނގަމުން އަންނަ ދުވަސްވަރެކެވެ.