ކޯލިޝަންއާ ގުޅޭ މަޝްވަރާތައް ކުރުމަށްޓަކައި، ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވައިފިއެވެ.
ރައީސް މައުމޫނު އަބްދުލް ޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އިބްރާހީމް މުހައްމަދު ސޯލިހާއި މަޝްވަރާ ކުރެވުނު އެންމެހައި ކަންކަމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި ކޯލިޝަން އިތުރަށް ވަރުގަދަ ކުރުމަށްވެސް ވަނީ ޚިޔާލު ހުށަހަޅާފައެވެ.
2019 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރައީސް މައުމޫނާއި ރައީސް ސޯލިހުގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވެއެވެ. މި ޚިޔާލު ތަފާތުވުންތަކާއި އެއްކޮށްވެސް އެމްޑީޕީއަށް އިންތިޚާބުގައި ސުޕަރ މެޖޯރިޓީ ލިބުމުގެ ސަބަބުން ރައީސް މައުމޫން ވަނީ ރައީސް ނަޝީދަށް މަރުހަބާ ދަންނަވައިފައެވެ.