ދިވެހިންގެ ފުރަތަމަ އަތަރު ބްރޭންޑް "އޫދު އަލް ސަބާޔާ"ގެ މައި ފިހާރަ މަރާމާތައް ފަހު އަލުން ހުޅުވައިފިއެވެ.
ރޭގެ ދަންވަރުގެ ވަގުތެއްގައި މާފަންނު މިރިޔަސް މަގުގައި ހުންނަ އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލުމާއި ގުޅިގެން މިއަދު ހަވީރާއި ހަމައަށް އެފިހާރަ ބަހަށްޓަން ޖެހުނީ މަރާމާރައް ބަންދުކޮށްފައެވެ.
މަރާމާތައް ފަހު އޫދު އަލް ސަބާޔާ ހުޅުވާފައިވަނީ މިއަދު 16:30 ގައެވެ. އޫދު އަލް ސަބާޔާ ހުޅުވުމާއި އެކު ގިނަ ކަސްޓަމަރުން ވަނީ އެ ފިހާރައަށް ޒިޔާރަތްކޮށްފައެވެ.
އޫދު އަލް ސަބާޔާގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ޝަބީން ވިދާޅުވީ، ފިހާރަ ތަޅާލުމާއި އެކު އެންމެ ބޮޑު ހިތްވަރެއް ލިބުނީ ކަސްޓަމަރުންގެ ފަރާތުން ކަމަށެވެ. އަދި އޭނާ ވަނީ ކަސްޓަމަރުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ.
އޫދު އަލް ސަބާޔާ އަކީ އޮންލައިން ޕޭޖަކުން 2015 އަހަރު ވުޖޫދަށް އައި ބްރޭންޑެކެވެ. މިއަދު އޫދު އަލް ސަބާޔާއިން ވަނީ އަތަރާއި ސެންޓުން ދިވެހިންގެ ހަށިތައް ޖަޒީކޮށްދީފައެވެ.