ރައީސް އިބްރާހިމް މުހައްމަދު ޞޯލިހުގެ ސްޕެޝިއަލް އެންވޯއީކަމުން އޭނާ ވަކިކޮށްފައިވާ ނުވާ ކަމަށް ކާށިދޫ ދާއިރާއަށް އިންތިހާބުވި, މަަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ޖާބިރު މިހެން ވިދާޅުވެފައިވާއިރު އޭނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕެޝިއަލް އެންވޯއީ ކަމުގެ މަގާމުން ވަކިކުރަން ނިންމާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރެން ފަށައިފައެވެ.

ބައެއް މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ސޯލިހުގެ ފަރާތްޕުޅުން އެކަން މިހާރު ވަނީ ޖާބިރަށް އަންގައިފަ އެވެ.

މި ކަމާ ގުޅޭ ގޮތުން "ޖަޒީރާ"އަށް މައުލޫމާތު ދެމުން ޖާބިރު ވިިދާޅުވީ ރައީސް ސޯލިހުގެ ފަރާތްޕުޅުން އެފަދަ އެއްވެސް ކަމެއް އޭނާއާ ހިއްސާކުރައްވާފައި ނުވާ ކަމަށެވެ.

"ތިކަހަލަ އެއްވެސް ކަމެއް އަޅުގަނޑަށް އެނގިފައެއް ނެތް. އަންގަވާފައެއް ވެސް ނެތް." ވަރަށް ޖާބިރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު ވިދާޅުވީ، ސްޕެޝިއަލް އެންވޯއީކަމުން ޖާބިރު ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ އުޅުއްވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ އެެއްވެސް ހަގީގަތެއް އޮތް ވާހަކައެެއް ނޫން ކަމަށެވެ.

ޖާބިރު ވިދާޅުވި މަޖިލީހުގެ މެންބަރުކަމަށް ހުވާ ކުރައްވާ ހިސާބުން އެންވޯއީ ކަމުން ވަކިވާން ޖެހޭ ކަން އެނގިލައްވާ ކަމަށާއި އެކަމާއި މެދު އެއްވެސް ޝަކުވާއެއް ނެތްކަމަށެވެ

ގާނޫނު އަސާސީގެ، 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އަދައެއް ނުކުރެއްވޭނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *