ލޭ މައްޗަށް ދިޔުމަކީ ދިވެހިންގެ ތެރޭގައި ޢާންމު ކަމެކެވެ. އެކި އުމުރުތަކުގެ މީހުންނަށް މި އުނދަގުލާއި ކުރިމަތިލާން ޖެހެއެވެ. ލޭ މައްޗަށް ދިޔުމުގެ ސަބަބަކަށް ވަނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހަށިގަނޑުގައި އިންސިއުލިން ނުއުފެއްދޭތީ ނުވަތަ ހަށިގަނޑުގައި އިންސިއުލިން މާއްދާތައް ރަނގަޅަށް ބޭނުން ނުކުރެވޭތީއެވެ. ލޭގައި ގުލްކޯޒް ގިނަ ވުމަކީ ނުވަތަ ލޭމައްޗަށް ދިޔުމަކީ ގިނަ އަދަދެއްގެ މައްސަލަތަކެއް ކުރިމަތި ކުރުވާ ކަމެކެވެ.

ލޭ މައްޗަށް ދިޔުމުން ދުރުވުމަށް ބޭނުންކުރާނެ ކާނާ

ތަފާތު ވައްތަރުގެ މޭވާތައް

ގިނަ މޭވާއަކީ އޭގައި އެކުލެވިގެންވާ މަތީ މިންވަރުގެ ފެނާއި ފައިބަރ ގެ ސަބަބުން މޭވާގައި އެކުލެވޭ ފްްރުކްޓޯސް ނަމަކަށް ކިޔޭ ގުދުރަތީ ހަކުރުގެ މާއްދާތައް ބެލެންސް ކުރުވައެވެ. ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ބްލޫބެރީ، މޭބިސްކަދުރު އަދި އާފަލުފަދަ މޭވާ ގަވާއިދުން ކެއުމަކީ ޓައިޕް2 ޑައެބެޓީސްއަށް ވަރަށް ފައިދާހުރި ކާނާތަކެކެވެ.

ކައްޓަލަ

ކައްޓަލައަކީ ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ދިވެހިން އަމިއްލައަކަށް ހައްދައިގެން ބޭނުންކޮށް އުޅޭ، މީރު، ފައިދާހުރި ކެއުމެކެވެ. ކައްޓަލައަކީ ލޭ މައްޗަށް ދާ ނަމަވެސް ބޭނުންކުރަން އެންމެ އެދެވިގެންވާ ކާނާއެވެ. ކައްޓަލަ ކެއުމުގެ ސަބަބުން ގްލައިމެކްސް އިންޑެކްސް ދަށް ކޮށްދެއެވެ.

ބަދަން

ބަދަނަކީ އޭގައި ގިނަ އަދަދެއްގެ ފައިދާތައް އެކުލެވިގެންވާ ކާނާއެކެވެ. ބަދަނުގެ ތަފާތު ބާވަތްތަކަކީ ގްލައިމެކްސް އިންޑެކްސް ހުންނަ މިންވަރު މަދުވުމުގެ އިތުރުން ޑައެޓަރީ ފައިބަރ އިން މުއްސަނދިވެފައިވާ އެއްޗެހިތަކެކެވެ. އެހެން ކަމުން ލޭ މައްޗަށް ދާނަމަ ބަދަނުގެ ތަފާތު ބާވަތްތައް ކެއުން މުހިންމެވެ.

ލޮނުމެދު

ލޮނުމެދަކީ ޒަމާނުއްސުރެ ބޭސްވެރިކަމުގެ ރޮނގުން އިންސާނުން ބޭނުންކުރަމުން އައި އެއްޗެކެވެ. ލޮނުމެދުގައިވާ ފައިދާހުރި މާއްދާތަކުގެ ސަބަބުން ލޭގައިވާ އިންސިއުލިންގެ މިންވަރު ކޮންޓްރޯލް ކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ލޭ މައްޗަށް ދިޔުން މަދުކޮށްދިނުމަށް އެހީވެދޭ ކާނާއެއް ކަމަށް ލޮނުމެދު ވަނީ ވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *