ދިރިއުޅުމުގައި ކިތަންމެ ސީރިއަސް މީހަކުވެސް އެކުވެރިންނާއި ދިމާވުމުން އެމީހެއްގެ މަޖާ ސަކަ މިޒާޖު ފެންނާނެއެވެ. އެކުވެރިންނާއި އެކު ހޭދަކުރާ ވަގުތުތަކީ ކޮންމެ މީހަކަށްވެސް ވަރަށް ހާއްސަ އަދި މަޖާ ވަގުތުތަކެވެ. އޮފީހުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރުމަށް ފަހުވެސް، ލިބޭ ހުސް ވަގުތުގައި  އެކުވެރިންނާއި ދިމާވުމުން މީހާގެ ހިތަށް ހަމަޖެހުން ލިބި، ވެފައި ހުންނަ ވަރުބަލިކަން ވެސް ހަނދާން ނެތެއެވެ. ދިރިއުޅުމުގެ ކަމަކާއި މާޔޫސްވެފައި ނުވަތަ ދެރަވެފައި ހުންނަ ވަގުތެއްގައި ވެސް އެކުވެރިންނާއި ދިމާވެލާ، މަޖާ ވަގުތުކޮޅެއް  ހޭދަ ކޮށްލުމުން، ހިތަށް އުފާވެރިކަން އިހުސާސް ވެއެވެ.

ގާތް އެކުވެރިންނާއި އަދި އެކީ އުޅޭ މީހުންނަށް އިހްތިރާމުކޮށް އެމީހުންނާއި ރީތިކޮށް ވާހަކަދައްކައި އުޅުނު ދުވަސް މިއަދު މިވަނީ މާޒީއާއި އެކުވެ ގޮސްފައެވެ. އެކުވެރިންނާއި ޒަމާންތަކަކަށް ފަހު ދިމާވާއިރު، ހީވާނީ ބޭރު ގައުމެއްގެ ޖަނަވާރުންް ގެންގުޅޭ ޕާކަކަށް ދެވިގެން އުޅޭ ހެންނެވެ. ވާނީވެސް އެހެންތާއޭ! އެކުވެރިޔާ ފެނުމުން ވާ އުފަލެއްގެ ބޮޑުކަމުން ގޮވާލެވެނީ ކޮންމެވެސް ކަހަލަ ޖަނަވާރެއްގެ ނަމުންނެވެ. ކުއްތާ، އޫރު، ގެރިން ފެށިގެން ބަކައްޓަށް ދަންދެން ގޮވާނެއެވެ. 

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ރިވެތި އާދަތައް މަޑުމަޑުން ދިވެހިންގެ ތެރެއިން ނެތެމުން ދާ ދިއުމަކީ ހަގީގަތުގައި ހިތާމަ ކުރަންޖެހޭ ކަމެކެވެ. އެކުވެރިންނާއި އެކީ ވަގުތުތައް ހޭދަކުރާއިރު މަޖާ ވާހަކަދައްކާ މަޖާ ކަންތައްކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައަކަށް ވާ ހިސާބަކީ އެކުވެރިން ތެރޭގައި ވެސް މަޖާކުރުމަށް އޮންނަ ހުރިހާ އިންތަކެއް ފަޚަނައަޅައި ދާތީއެވެ. ބައެއް ދިވެހިންނަށް އެއްވެސް ކަމެއް އެކަމަކަށް އޮންނަ އިން ފަޚަނައަޅައި ނުގޮސް ކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *