ގެއެއްގެ ބެލްކަނީގައި ހުރި ބިއްލޫރި ދޮރެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.
މުރަނގަ މަގާއި ޝަހީދު އަލީ ހިނގުން ގުޅޭ ކަންމަތީގައި ހުންނަ މ. ޕޮލްގަހާ ވިލާ ގޭގެ ފުރަތަމަ ފަންގިފިލާގެ ބެލްކަނީގެ ބިއްލޫރިގަނޑެއް ވެއްޓިފައިވާކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާުވެފައިވެއެވެ.
މިހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު 15:21 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަދި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް މީޑީއާ އޮފިޝަލް ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ބެލްކަނިތަކުންނާއި ޓެރަސްތަކުން އެއްޗެހި ވެއްޓުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. އެގޮތުން، ހުރަވީ ބިލްޑިންގްގެ ބެލްކަނީގެ ޝީޓެއް ވެސް މިއަދު ވަނީ ވެއްޓިފައެވެ.