ދިވެހި ރާއްޖޭގެ ދެކުނުގެ ހިސާބުގައިވާ ފުވައްމުލަކާއި އައްޑޫ ސިޓީގެ ރަށްތަކަށް މޫސުން ގޯސްވުމާއި ގުޅިގެން ޔެލޯ އެލާޓް ނެރެފިއެވެ.
ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ އެރަށްތަކަށް ބޯކޮށް ވާރޭ ވެހި، ވައިބާރުވާނެކަމަށް ލަފާކޮށްފައެވެ. މިއަދު 15:40 އާއި ހަމައަށް ވަނީ އެ ހިސާބުތަކަށް ޔެލޯ އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ބުނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށެވެ.