ހުރަވީ ބިލްޑިންގެ ބެލްކަނީ ޝީޓުން ބައެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިއަދު 12:42 ހާއިރު، ހުރަވީ ބިލްޑިންގ އަމީރުއަހުމަދު މަގާ ވާ ގޮތައް ހުރި ބެލްކަނީ ޝީޓުން ބައެއް ވެއްޓިފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިި ނުވާއިރު، މި ހާދިސާގެ ރިޕޯޓް ފުލުހުން ވަނީ ސިޓީ ކައުންސިލާއި ހިއްސާކޮށްފައެވެ.
މި ފަހަކަަށް އައިސް އިމާރާތްތަކުން އެއްޗެހި ވެއްޓުން މާލޭގައި ވަނީ އާންމުވެފައެވެ.