މީސްމީޑިއާގެ މަންސަތަކަށް އެކި ދުވަސްވަރުގައި އަންނާނީ އެކި މޫސުމެވެ. އެކި ފެޝަނެވެ. މިގޮތުން މިފަހަކަށް އައިސް އެންމެންނަށް އައިސްފައިވާ "ޓްރެންޑަކީ" "ގޮލާ" ސްޓޭޓަސް އަޕްޑޭޓް ކުރާ މޫސުމެވެ. މިގޮތުން މީހުން ސްޓޭޓަސްތަކުގައި ލިޔަނީ މިވެނި ކަމެއް ކުރާނީ، ނުވަތަ މިވެނި ގޮތެއް ހަދާނީ މީދިކަހަލަ ގޮލާ"އެއް ކަން ލިޔެ އުޅެއެވެ.  މިހެން ލިޔެ އުޅޭ މީހުންނަށް "ގޮލާ"ގެ މާނަ އެނގޭހެއްޔެވެ؟

ދިވެހި ބަހުގައި "ގޮލާ" މި ބަސް ބޭނުންކޮށް އުޅެނީ ޖަނަވާރުންނަށް ނިސްބަތްކޮށެވެ. އެހެން ކަމުން މޮޅުވެލާފައި ފޭސްބުކްގައި ނުވަތަ އެ ނޫންވެސް އޮންލައިން މަންސައެއްގައި މީސްމީހުންނާ ދިމާލަށް މި ކިޔެނީ ޖަނަވާރުންނަށް ނިސްބަތްކޮށް އުޅޭ ނަމެއް ކަމެއް ގިނަ މީހުންނަށް ނުވެސް އެނގެއެވެ. 

ދިވެހިންނަކީ ކުރީ ޒަމާނުގައި ވަރަށް އަޚްލާޤް ރަނގަޅު ބައެކެވެ. އޭރުގެ ދިވެހިންގެ ކިބައިން ނުރަނގަޅު އަޚްލާޤީ ސިފަތައް ފެނުނު ނަމަވެސް ފެންނާނީ "ޒުވާބު" ކުރާ ވަގުތުތަކުގައި އެކަންޏެވެ. ނަމަވެސް މިހާރު ދިވެހިންގެ ކިބައިން ނުބައި އަޚްލާޤީ މިންގަނޑުތައް ފެންނަނީ ވަކި ވަގުތުތަކުގައެއް ނޫނެވެ. ހަމަ އަބަދުވެސް ފެންނަނީ ގޮތްކުޑަ ބަސްތަކާއި، ގޮތް ކުޑަ އަމަލުތައް ހިންގައި މީސްމީޑިއާތަކުގައި ޢާންމުކުރާ މަންޒަރެވެ.

ބައެއް މީހުންނަށް ހީވަނީ މުފަދައިން ސްޓޭޓަސް އަޕްޑޭޓް ކުރުމުން ހަޑިވާނީ، މިފަދައިން ގޮލާ ސްޓޭޓަސް އަޕްޑޭޓް ކުރުމުން ހަޑިވަނީ ހަމައެކަނި އަންހެނުން ކުރުމުންނެވެ. ނަމަވެސް ހަގީގަތުގައި ފިރިހެނުންވެސް މިފަދަ ސްޓޭޓަސް އަޕްޑޭޓް ކުރުމުން ރީއްޗެއްނޫނެވެ. ރީތި ބަހުން ވާހަކަ ދެއްކުމަކީ ކޮންމެ ޖިންސެއްގެ މީހަކުގެ ކިބައިގައިވެސް ހުންނަން ޖެހޭ ރީތި އާދައެކެވެ.

މީހާގެ ގައިގައި ހުރި "ގަޓް"ކަން ނުވަތަ ކެރޭކަން ދައްކާލުމުގެ ނިޔަތުގައި މީސްމީޑިއާތަކުގައި އެއްޗެހި ހިއްސާކުރާ މީހުންނަށް ނުވިސްނެނީ ކަންނޭނގެއެވެ. އެމީހުން އެ އަންދައިލަނީ، އެމީހުންގެ އެންމެ އަގުބޮޑު ފޭރާން ކަމަށްވާ، ރިވެތި އަޚްލާޤެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *