މަސްޖިދުލް އަޤްޞާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ރޭގެ ވަގުތެއްގައި އިސްރާއިލްގައި ގާއިމްވެފައިވާ މުސްލިމުންގެ އެންމެ މާތް މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކެތެއް ކަމަށްވާ، މަސްޖިދުލް ޢަޤްޞާގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އަލިފާން ރޯވެފައިވަނީ މިސްކިތުގެ މަރްވާނީ ނަމާދު ކޮޓަރީގެ ބޭރުގައިވާ ގާޑު ކޮޓަރީގެ ކައިރީގައެވެ. ރޯވިތާ އިރުކޮޅެއް ފަހުން އަލިފާން ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމަށް އަދި މައުލޫމާތެއް ލިބިފައެއް ނުވެއެވެ. މި ހާދިސާ ހިނގި ގޮތުގެ ތަހުގީގުތައް އިސްރާއީލްްގެ ފުލުހުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.