ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކުރަން އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސީއެސްސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރަނީ އިލްމީ އަދި ގާބިލް މީހުންނަށްވުރެ ޝަރުތު ހަމަނުވާ މީހުން ސިވިލް ސާވިސްގެ އެކި މަގާމުތަކަށް ހަމަޖައްސަމުންދާ ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާތީ އެކަން ބެލުމަށެވެ. 

 އޭސީސީގެ މެމްބަރުން ހާޒިރު ކުރަން ހުށަހެޅީ އިދިކޮޅު ޕީޕީއެމްގެ މެމްބަރުން އިސްވެ ތިބެގެންނެވެ.

ސީއެސްސީގެ ފަސް މެމްބަރުންގެ ގޮތުގައި ތިއްބަވަނީ، އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ފާތުމަތު އާމިރާގެ އިތުރުން އިބްރާހިމް ޝަހީގް އާއި ޒަކަރިއްޔާ ހުސެއިނެވެ.

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރަމުންދާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ވިދާޅުވެ، ކޮމިޓީގެ ހަތަރު މެމްބަރަކު ވަނީ ކުރިން މައްސަލައެއް ހުށަހަޅުއްވާފައެވެ. އެގޮތުން، މި މައްސަލައާއި ގުޅިގެން އެ ކުންފުނީގެ ވެރިން ކޮމިޓީ އަށް ހާޒިރުކުރެވުނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *