ޕެރިސްގެ 850 އަހަރުވެފައިވާ ޗާޗް އެއް ކަމަށް ނޯޓްރެ ޑާމްގައި ވަނީ އިއްޔެގެ ވަގުތެއްގައި އަލިފާން ރޯވެފައެވެ.

މި ހާދިސާ ހިނގީ ރޭ އިރުއޮއްސުން ވަގުތުގައެވެ. ނޮޓްރެ ޑާމްގެ ފުރާޅުގެ ބޮޑުބައެއް ވަނީ އެއްކޮށް އަނދާފައެވެ. 400 އަށްވުރެ ގިނަ ފަޔަރ ފައިޓަރސްގެ އެހީގައި އަލިފާން ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް ގިނަ ސަބަބުތަކާއި ހުރެ އަލިފާން ނިވާލުން ވީ، ވަރަށް ދަތި އަދި ގިނަ ވަގުތަކެއް ނެގި ކަމަކަށެވެ.

 މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާ ކަމަށް އަދި ރިޕޯޓްކުރެވިފައެއް ނުވެއެވެ. ހާދިސާ ހިނގި މަންޒަރު ބަލަން ޕެރިސްގެ މީހުން ތިބީ ކަރުނައިން ފޯވެ ތިބި ހާލުގައެވެ.

2013 ވަނަ އަހަރުގައި ވަނީ ނޯޓްރެ ޑާމްގެ 850 ވަނަ އުފަންދުވަސް ފާހަގަކޮށްފައެވެ. ނޯޓްރެ ޑާމް ބިނާ ކުރެވުނީ 182 އަހަރުދުވަހުގެ ބުރަ މަސައްކަތުންނެވެ. އެ ޗާޗް ތައްޔާރު ކުރެވިފައިވަނީ ޖުމުލަ 6000 މީހުންނަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ އަޅުކަން ކުރެވޭ ގޮތަށެވެ. ނޯޓްރެ ޑާމްއަކީ ގިނަ އަދަދެއްގެ ފަތުރުވެރިންގެ މަންޒިލެއް ވެސް މެއެވެ. އެތަން ފަރުމާ ކުރެވިފައިވާ ގޮތުގެ ރީތީ ކަމަކީ އެއަށް މިސާލު ޖަހައި އުޅޭ ފަރުމާކުރުން ތަކެކެވެ.

މިއީ މުޅި ތާރީޚުގައިވެސް ނޯޓްރެ ޑާމްއަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ފަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *