ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ ސަސްޕެންޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުވާލައްވައިފިއެވެ. 

މަހުލޫފު ސަސްޕެންޑް ކުރެވުނީ، އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓް އޭސީސީން ނެރުމުން، މަހުލޫފްގެ މުއާމަލާތެއް ވެސް އޭގައި ހިމެނުމުންނެވެ.

އެކަމާއި ގުޅިގެން މިނިސްޓަރު މަހުލޫފު ވިދާޅުވެފައިވަނީ، އޭނާގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައި ވަނީ، ޑޮލަރު ގަތުމަށް ހިންގެވި ސައްހަ މުއާމަލާތެއްގެ ތެރެއިން ކަމަށެވެ. އަދި އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން މަހުލޫފަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. 

އޭގެފަހުން އޭސީސީއިންވެސް ވަނީ މަޚުލޫފުގެ މައްސަލައެއް އެ ކޮމިޝަނުން ބަލަމުން ނުދާކަން ހާމަކުރައްވާފައެވެ.

މިދިޔަ މިދިޔަ ފެބްރުއަރީ 14 އިން ފެށިގެން މަހުލޫފު ހުންނެވީ ސަސްޕެންޝަންގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *