ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ތެރެއިން ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނެތް ތަންތަން ބަލާ ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަހުމަދު ޒާހިރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ އޮފިސް ކުންފުނިތަކުގައި ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.

"ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން، މުވައްޒަފުންނަށް ފަސޭހަކަމާއެކު، ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނެތް ތަންތަން ބަލައި އެތަންތަނުގައި، ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާދިނުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި" ކަމަށެވެ.

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ފެށިއިރު ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް ވެސް ނަމާދު ކުރަން ކޮންމެ ނަމާދު ވަގުތެއްގައި 15 މިނެޓްގެ ހުސް ވަގުތުކޮޅެއް ދިނުން ޤާނޫނު އަސާސީން ލާޒިމް ކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *